logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއް: ރައީސް

ޒިދާން މުޙައްމަދު
25 ޖޫން 2026 - 17:55
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއް: ރައީސް

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށާ، ނަމަވެސް އެންމެ މުހިންމުކަން ދެއްވާ އެއް ކަމަކީ، އެކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ކުރިއަށްދަނީ އަދުގެ ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް ކަމަށް ވާއިރު، އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި ޢާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޟަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށާ، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެބައޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ މި މޭރުމުން އެމަނިކުފާނު ވަނީ ވެރިރަށް، މާލޭ ސިޓީގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ ބޮޑެތި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މާލޭ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަގުމަތީގެ މައްސަލަތައްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ޕާކިންގގެ މައްސަލައަށް ހައްލު ގެނައުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، ފަރުދީ ޒިންމާވެސް އަދާކުރުން ވަރަށް މުހިންމުކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލު އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތްތަނުގައި، މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ވަނީ މިރޭގެ ޕޮޑްކާސްޓްގައި ހާމަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގާމުތަކުގައި ތިއްބެވި ތަފާތު ފިކުރުގެ މީހުންވެސް ރައްޔިތުންނަށް އިޚްލާސްތެރިވުމަށް ރައީސްގެ އިލްތިމާސްއެއް!ޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންނިޒާމު ބަދަލުކުރުން: ރައީސް ވިދާޅުވަނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރަންޖެހޭ ކަމަށްޚަބަރު | 2 ގަޑިއިރު ކުރިންޕޭޕަލް ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށް އެބައޮތް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން