ޕޭޕަލް ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށް އެބައޮތް: ރައީސް
25 ޖޫން 2026 - 16:43
.jpg&w=3840&q=75)
ޕޭޕަލް ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށް އެބައޮތް ކަމަށާއި އަދިމިއީ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް ޕޮޑްކާސްޓް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމްކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ވައުދުފުޅެއް ކަމަށާއި ޓާގެޓަކީ 2030 ވަނަ އަހަރާ ހަމައަަށްދާންވާއިރަށް ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ އިކޮނޮމީއަށް %15 ކޮންޓްރިބިއުޓްކުރެވޭ ހިސާބަށް ގެންދިއުން ކަމަށެވެ. އެހެންކަމުން އެކަން ކުރުމުގައި މިކަހަލަ އިންޓަރނޭޝަނަލް ޕާޓްނަރސް ރާއްޖޭގައި އެސްޓަބްލިޝްވުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ފެށުމަކީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވީކަމެއްކަމަށާއި މެނިފެސްޓޯގައި ރާއްޖެއަށް ޕޭޕަލް ގެނައުމަށް މަސައްކަތްކުރާނެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީއަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކާއިއެކު ޒުވާނުންނަށް އަދި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަށް މި ލިބިގެންދަނީ ވަރަށް ބޮޑު ލުއިތަކެއްކަމަށެވެ.
ޑިޖިޓަލް އިކޮނޮމީއެއް ގާއިމްކޮށްދީ ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ފުޅާކޮށް ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި މިއީ އަދި ފެށުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.


