ނިޒާމު ބަދަލުކުރުން: ރައީސް ވިދާޅުވަނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރަންޖެހޭ ކަމަށް
25 ޖޫން 2026 - 17:47

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމަށް ބަދަލު އަންނާނީ ސީދާ ރައްޔިތުންގެ ބަހެއް އޮވެގެން ކަމަށާއި، ރައްޔިތުންގެ ބައިވެރިވުމެއް ނެތި ނިޒާމު ބަދަލުކުރުމަކީ ދިވެހިން އެދޭ ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި މައުޟޫޢުގައި އެމަނިކުފާނުގެ ސާފު ތަޞައްވުރު ހާމަކުރައްވާފައެވެ.
ރިޔާސީ ނިޒާމަކީ ދިވެހިންގެ އިޚްތިޔާރު:

Ad by Hajj Corporation
ރާއްޖެއަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމު ކަމަށް ރައީސް ވިދާޅުވީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
ބަރުލަމާނީ ނިޒާމުގެ ނުތަނަވަސްކަން:
ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުން ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެފަދަ ނިޒާމުތަކުގައި ސަރުކާރުތައް އަވަސް އަވަހަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އަދި ބައެއް ސިޔާސީ ލީޑަރުން ނިޒާމު ބަދަލުކުރަން ބޭނުންވަނީ މަޤާމުތައް އިތުރުކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ."އެ މީހުންގެ ތެރޭގައި ވެރިކަން ކުރާހިތްވާލެއް ގިނައީ މީހުން. އެހެންވީމަ އެންމެންނަށް އެބަ ޖެހޭ ބޮޑެތި މަޤާމުތައް ދޭން ދެއްތޯ. ރައީސްކަމާއި، ބޮޑުވަޒީރުކަމާއި މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެ،" ރައީސް ވިދާޅުވިއެވެ.
ތާރީޚީ ނިންމުމާއި މިހާރުގެ ޙާލަތު:
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ ނިޒާމަށް ރައްޔިތުން ވަނީ ބޮޑު އަޣުލަބިއްޔަތެއް ދީފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައިވެސް ބޮޑަށް ހިމެނެނީ ރިޔާސީ ނިޒާމުގެ ސިފަތައް ކަމަށާއި، ރައްޔިތުންގެ ނިންމުމާ ޚިލާފަށް މަދު ބަޔަކު ބޭނުންވާ ގޮތަށް ނިޒާމު ބަދަލުކުރުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ.
ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ވާއިރު، ޔުނިޓަރީ ދައުލަތެއްގެ ސިފަ ދަމަހައްޓައިދެނީ ރިޔާސީ ނިޒާމުންނެވެ. އަދި ރާއްޖެއަކީ ކުދި ރަށްތަކަކަށް ބެހިފައިވާ ޤައުމަކަށް ވުމުން، މަރުކަޒީ އެއްބައިވަންތަކަން މުހިންމެވެ. ހަމައެހެންމެ، ރިޔާސީ ނިޒާމުގައި ދައުލަތުގެ ވެރިޔާ އިންތިޚާބުކުރަނީ ސީދާ ރައްޔިތުންގެ ވޯޓުންނެވެ.


