logo
Bank of Maldives

Bank of Maldives

ޚަބަރު

މަގާމުތަކުގައި ތިއްބެވި ތަފާތު ފިކުރުގެ މީހުންވެސް ރައްޔިތުންނަށް އިޚްލާސްތެރިވުމަށް ރައީސްގެ އިލްތިމާސްއެއް!

ޒިދާން މުޙައްމަދު
25 ޖޫން 2026 - 17:58
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިޚާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން، ހުރިހާ ރައްޔިތުންނަށް، ހަމަހަމަގޮތެއްގައި، އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ 2 ވަނަ އެޕިސޯޑްގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ޤައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގައި އޮތީ ހުރިހާ ފަރާތްތަކަކުންވެސް އިޚްލާސްތެރިވުންކަމަށާ، އެ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިވެވަޑައިގަތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ މޯލްޑިވްސް 2.0 އަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، މިރޭގެ އެޕިސޯޑްގައި ކުރިމަތިކުރި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދެއްވާފައެވެ. ދިވެހިރާއްޖޭގައި ޑިޖިޓަލް އިޤްތިޞާދު ފުޅާކުރެއްވުމަށް، ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އަޅުއްވާ އެކިއެކި ފިޔަވަޅުތަކަށްވެސް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ އެޕިސޯޑްގައި އަލިއަޅުވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގާމުތަކުގައި ތިއްބެވި ތަފާތު ފިކުރުގެ މީހުންވެސް ރައްޔިތުންނަށް އިޚްލާސްތެރިވުމަށް ރައީސްގެ އިލްތިމާސްއެއް!ޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންނިޒާމު ބަދަލުކުރުން: ރައީސް ވިދާޅުވަނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރަންޖެހޭ ކަމަށްޚަބަރު | 2 ގަޑިއިރު ކުރިންޕޭޕަލް ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށް އެބައޮތް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން