logo
Bank of Maldives

Bank of Maldives

ރިޕޯޓް

ޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: ޤައުމީ ނިންމުންތަކަށް އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ކިބައިން ހޭވެސް އަހާނުލި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޭޕްރީލު 2026 - 13:28
ޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލި

ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި، ޕީއެންސީގެ ސަރުކާރު ވެގެން ގޮސްފައި މި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރާނެ ސަރުކާރެއްގެ ގޮތުގައެވެ. މިކަން ސާބިތުކޮށްދޭ ދިރިހުރި އެއް ހެއްކަކީ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ކިބައިން 4 އެޕްރީލް 2026 ގައި ބޭއްވި އިންތިޚާބުގައި އެހުމެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިވަގުތައް ތަރުތީބުވެފައި އޮތްގޮތުން ވެރިކަން ކުރާ ޕީއެންސީ އަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެބައޮތެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒަކީ އެމަނިކުފާނަށާއި ޕާޓީ އަށް އަދި ސަރުކާރަށް ލިބިދޭ ބާރެއް އެއްވެސް އިރެއްގައި ނަހަމަގޮތެއްގައި ބޭނުންފުޅު ކުރެއްވި ބޭފުޅެއްނޫނެވެ. އެހެންކަމުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގައި ގައުމަށް މާލީ، އިޖުތިމާއީ އަދި އިގްތިސޯދީ ފައިދާ ކިތައްމެ ބޮޑު ނަމަވެސް، ރައީސް ނިންމެވީ އެއީ ރައްޔިތުންގެ ޗޮއިސް އަކަށް ހެއްދެވުމަށެވެ. ރައްޔިތުން ނިންމާ ގޮތަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ. އިންތިޚާބުގެ ނަތީޖާ އަށް ފަހުވެސް ރައީސް ދެެއްކެވީ ރިވެތި ނަމޫނާއެވެ. އިސްކުރެއްވީ ރައްޔިތުންގެ ވިންދެވެ. ކުރިއަށް ވަޑައިގަންނަވާނީ ވެސް އެ ގޮތުގައިކަމުގެ ކަށަވަރުކަން ދެއްވިއެވެ. އެެއްވެސް ގައުމީ ނިންމުމެއް ރައްޔިތުންގެ ވިންދާ އިދިކީލިކޮށް ނުނިންމަވާނެކަމުގެ ސާފު ޔަގީންކަން ކަށަވަރުކޮށްދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް އިދިކޮޅު އެމްޑީޕީ އަށް ބާރުލިބު ދެ ފަހަރު ވެސް އެ ޕާޓީގެ ދެ ވެރިކަމުގައި ވެސް ގައުމީ ބޮޑެތި ކަންކަން ނިންމިތަން ފެނުނީ ރައްޔިތުންގެ ބަހެއްނެތިއެވެ. ރައްޔިތުންގެ ވިންދާ ގުޅިފައިވާ ގައުމީ މަސްލަހަތު ލާމެހިފައިވާ، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ގުޅިފައިވާ ބޮޑެތި ކަންކަން ނިންމާލީ ރައްޔިތުންގެ ގާތު ހޭވެސް އަހައިނުލައެވެ. އެކަންކަމުގެ ސަބަބުން ގައުމަށް ކުރިމަތިވި ނިކަމެތިންކަން ބޮޑެވެ. އިންތިހާ މާލީ މަޅީގައި ބެދުނެވެ. ގައިމުގެ މިނިވަންކަމުގެ ލަގަން ބޭރުގެ ކަރައަކަށް އަމިއްލަ މަންފާ އަށް އެމްޑީޕީން ދޫކޮށްލިއެވެ. އެއިގެ މިސާލުތައް ގިނައެވެ. އެއިގެ ބައެއް ކަންކަން މިވަގުތަށް ހިތްމައްޗަށް ގެންނާންމެވެ:

އެމްޑީޕީގެ ވެރިކަންތަކުގައި ރައްޔިތުން ބާކީކޮށްލި

ވޭތުވި އެމްޑީޕީގެ ދެ ސަރުކާރުގައި (ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު) ރައްޔިތުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދި، ރައްޔިތުންގެ ފުރިހަމަ ބަހެއް ނެތި ނިންމާފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސް ނަޝީދުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދިނުމެވެ. ރާއްޖޭގެ މައި ދޮރާށި ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކަށް ވީނަމަވެސް، އެކަން ކުރީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއް ނެތި ރައްޔިތުންްގެ ގާތުގައި އެހުމެއްނެތި މެޖޯރިޓީ ރައްޔިތުން ދެކޮޅު ހަދަމުން ދަނިކޮށެވެ. އެކަމުގެ ސަބަބުން ދައުލަތުން އުފަންޖެހުނީ އިންތިހާ ތަކުލީފެވެ. އާޚިރު ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއްގެއްލި އަހަރުތަކަކަށް އެ ކެކުޅުން ތަހައްމަލުކުރަން ޖެހުނެވެ.

ސިއްރު އެއްބަސްވުންތަކާއެކު މިނިވަންކަމަށް ނުރައްކާ

ރައީސް ޞާލިޙްގެ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާއެކު ބައެއް އަސްކަރީ އެއްބަސްވުންތައް، ޚާއްޞަކޮށް އުތުރުތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމާއި ހައިޑްރޯގްރަފީ އެއްބަސްވުން ފަދަ އެއްބަސްވުންތައް ހަދައި އެކަންކަން ރައްޔިތުންނަށް ސިއްރުކުރިއެވެ. އެކަމާއި ބޮޑެތި އިހުތިޖާޖުތަކެއް ވެސް ކުރިއަށްދިޔައެވެ. ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަކީ ރައްޔިތުންގެ ނިންމުމެއް ނޫން ކަމަށާއި، އެއީ ސަރުކާރުން އަމިއްލައަށް ނިންމި ނިންމުމެއް ކަމަށް ބުނެ ކުރި ވަރުގަދަ ކެމްޕޭނެއްގެ ދަށުން ރައްޔިތުންގެ ވިންދު ހާމަކުރިއެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެ އަޑުތަކަށް ބީރު ކަންފަތެއް ދިނުމަކީ ރައްޔިތުންގެ ކިބައިން "ހޭވެސް" އަހާނުލާކަމުގެ ހެއްކެކެވެ.

ކަނޑުގެ ސަރަހައްދު ވިއްކާލުމާއި އިޤްތިޞާދީ ދަރަނި

މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރައީސް ޞާލިޙްގެ ސަރުކާރުން ނިންމި ނިންމުމަކީ ދިވެހި ތާރީޚުގައި ރައްޔިތުންނާ މަޝްވަރާނުކޮށް ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ސިޔާސަތު ބަދަލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ރައްޔިތުންގެ މެދުގައި އެއްވެސް ބަހުސެއް ނެތި ކުރި ކަމެކެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ކުރިމަގުގެ ޖީލުތައް ބޭރުގެ އެހީއަށް ބަރޯސާވާން ޖެހުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.

މިއީ އެމްޑީޕީން ރައްޔިތުންގެ ބަހެއްނެތި ނިންމި ބޮޑެތި ބައެއް ނިންމުންތަކުގެ މިސާލެވެ. އެމްޑީޕީއަށް ބާރު ލިބުނު ކޮންމެ ފަހަރަކު އިސްކުރީ ޒާމީ މަންފާއާއި އަމިއްލަ ފައިކޭޓް ފުރާލުމުގެ އުސޫލުކަން ކުލްކޮށްދޭ ސާފު ހެކިތަކެވެ. ނަމަވެސް ޕީއެންސީގެ ސަރުކާރު ތަފާތެވެ. ޕީއެންސީން ރައްޔިތުންގެ ވިންދާ އެއްގޮތަށް، ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގެ އުންމީދު މިއަދު ރައްޔިތުންގެ މެދުގައި ވަނީ އާވެފައެވެ. ރައްޔިތުންގެ ބަހަކީ ވެރިކަމުގެ އަސާސް ކަމުގައި ހެދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ޒިންމާއެވެ. އެ ޒިންމާ ހަގީގީ މާނާގައި އަދާކުރާ މަންޒަރު މިއަދު ރައްޔިތުން އެބަދެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 2 ގަޑިއިރު ކުރިންގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިން ނަތީޖާއިން ފެނުނީ ރައީސަށް އޮތް އިތުބާރު، 2028 ކާމިޔާބު ކުރުމަށް ހުރަހެއްނެތް: ޝުޖާޢުޚަބަރު | 2 ދުވަސް ކުރިންމަޝްހޫރުކަން ހޯދަން މުޒާހަރާތަކުގައި ބަނދިކިޔައިދޭ ޔަޝްފާ އަށް ދުވާފަރުން ބޮޑުތަނުން ނޫނެކޭ ބުނެފިޚަބަރު | 2 ދުވަސް ކުރިން