logo
MPL

MPL

ޚަބަރު

މަޝްހޫރުކަން ހޯދަން މުޒާހަރާތަކުގައި ބަނދިކިޔައިދޭ ޔަޝްފާ އަށް ދުވާފަރުން ބޮޑުތަނުން ނޫނެކޭ ބުނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޭޕްރީލު 2026 - 14:21
ޔަޝްފާ، ފޮޓޯ: މީސް މީޑިއާ
ޔަޝްފާ، ފޮޓޯ: މީސް މީޑިއާ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރ. ދުވާފަރުން ބޮޑު މެޖޯރިޓީއެއް ވެރިކަންކުރާ ޕީއެންސީއަށް ދިންއިރު، މަޝްހޫރުކަން ހޯދަން މުޒާހަރާތަކުގައި ބަނދިކިޔައިދޭ އެމްޑީޕީގެ މަރިޔަމް ޔަޝްފާ އަށް އެރަށު ރައްޔިތުން ނޫނެކޭ ބުނެފިއެވެ.

ޔަޝްފާ އަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ''މަށާކައިރި ނުވާށޭ'' ބަނދި ކިޔައިދީ، މަޝްހޫރުކަން ހޯދަން މަަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ އެ ބަނޖަށް ކައުންސިލް އިންތިޚާބުގައި ދުވާފަރުން ދިން އިޖާބައަކީ އޭނާ އެދުނު ފަދައިން ރައްޔިތުން އޭނާ އައި ކައިރިނުވެ ގޮނޑިން ކަޓުވައިލުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ޔަޝްފާ ވާދަކުރީ ދުވާފަރު ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ދެ ގޮނޑިން ކުރެ ދެ ގޮނޑިއަކަށެވެ. ނަމަވެސް އެ ދެގޮނޑިވެސް އެރަށު ރައްޔިތުން ދިނީ ވެރިކަންކުރާ ޕީއެންސީއަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ) އިންތިޚާބުގައި ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީގެ 8 ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 10 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 14 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 15 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | މަހެއް ކުރިން