logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފި

ޒިދާން މުޙައްމަދު
14 އޭޕްރީލު 2026 - 14:12
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފި

ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް ގެނެސް ވަޒީރުން ހުވާ ކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިޅީހަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ވަޒީރުންގެ މަޖިލީހުގައި ހިމެނި ވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް:

  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މޫސާ ޒަމީރު
  • މިނިސްޓަރ އޮފް ޓެކްނޮލޮޖީ އެންޑް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން
  • މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް
  • މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓް އިސްމާއީލް ޝަފީއު
  • މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެޔަރ ގިލާ އަލީ
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯސްމަންޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
  • މިނިސްޓަރ އޮފް ޔޫތު އެންޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު
  • މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު
  • މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް އަބްދުﷲ މުއްތަލިބު
  • މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ އަލީ ޝަރީފް

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އެބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ގަބޫލުފުޅުކުރައްވާފައެވެ.

މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ:
1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑރ ޢަބްދުﷲ ޚަލީލް
3- މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑރ ޢާއިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑރ ޢަލީ ޙައިދަރު އަޙްމަދު

މި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މިރޭ ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ހުވާނުކުރައްވަނީ މެންޑޭޓަށް ބަދަލެއް ނާންނަ އެޓާނީ ޖެނެރަލް، އުޝާމް އާއި މި ވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. 

ކެބިނެޓު އަލުން އެކުލަވާލިއިރު ޑިފެންސް މިނިސްޓަރަކު އައްޔަންނުކުރެއެވެ. އަދި އެ މިނިސްޓްރީގެ ޒިންމާތައް އެހެން މިނިސްޓްރީއަކާ އެކެއް ނުކުރެ އެވެ. 

ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ނަތީޖާއިން ހާމަވެގެންދަނީ ރައީސްގެ އިސްލާޚީ މަސައްކަތްޕުޅަށް ރައްޔިތުންގެ ތާޢީދު އޮތްކަން: ޝުޖާޢުޚަބަރު | 8 ގަޑިއިރު ކުރިންޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | 9 ގަޑިއިރު ކުރިންމީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާ އަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 11 ގަޑިއިރު ކުރިންވަތަނީ ޚިދުމަތް ނިންމައި ސިފައިންގެ ޚިދުމަތާ ގުޅުނު ދަރިވަރުންނަށް ރައީސް މަރުޙަބާ ދަންނަވައިފިޚަބަރު | 15 ގަޑިއިރު ކުރިން