logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުމަހުގެ މަސްވެރިކަމަށް "ސީފުޑް ވޮޗް" ގެ ރޭޓިންގ އެއް ލިބުނު ފުރަތަމަ ގައުމަކަށް ރާއްޖެ

އިސްމާޢިލް ރާތިޢު
8 އޭޕްރީލު 2026 - 12:32
ކަނޑުމަހުގެ މަސްވެރިކަމަށް "ސީފުޑް ވޮޗް" ގެ ރޭޓިންގ އެއް ލިބުނު ފުރަތަމަ ގައުމަކަށް ރާއްޖެ

އެމެރިކާގެ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގ އެއް ކަނޑައެޅި ފުރަތަމަ ގައުމަކަށް، ދިވެހިރާއްޖެ ވެއްޖެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން "ސީފުޑް ވޮޗް" އިން އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައިކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކުރާ ކަނޑު މަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ ގުޅޭގޮތުން އެ ޕްރޮގްރާމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ނަމަވެސް، މުޅި ސަރަހައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރުން އެންމެ ރަނގަޅު، ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރޭޓުކޮށްފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން، މިއީ ދިވެހިރާއްޖެއަށް ވަރަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށާއި، "ސީފުޑް ވޮޗް" އިން ވަކި ގައުމަކަށް ހާއްސަކޮށްގެން ދޭ ރޭޓިންގ އެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއް ކަމުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

އަދި މިއީ، އިޤްތިޞާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާކަމުގައިވެސް ވަޒީރު ފާހަގަކުރައްވާފައި ވެއެވެ.

މި ކުރިއެރުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ބާޒާރު ކަމަށްވާ، އުތުރު އެމެރިކާގެ ބާޒާރަށް ވަނުމަށް، ދިވެހި މަސް އެކްޕޯޓަރުންނަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި، ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، "ސީފުޑް ވޮޗް" އިން ދީފައިވާ މި ރޭޓިންގ ގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށާއި، ބައިނަލްއަޤްވާމީ ވާދަވެރިކަމުގައި ކުރިހޯދުމަށް ރާއްޖެއަށް މަގުފަހިވާނެ ކަމަށްވެސް ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވާ، ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއްކަން ފާހަގަކޮށް، ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ މެރިން ސްޓުވަރޑްޝިޕް ކައުންސިލް (އެމްއެސްސީ) ސްޓިފިކޭޝަން، ރާއްޖޭގެ ކަންނެލީގެ އަތުނަނު މަސްވެރިކަމަށްވެސް މިދިޔަ މަހު ލިބިފައިވާކަން ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މި ބަދަލުތަކަކީ ދިވެހިރާއްޖެއަށާއި، ދިވެހި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ކޮޅަށް ޖެހުމަށް''ޚަބަރު | 4 ދުވަސް ކުރިންފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދިޔަ މަސްރޭސް ނިމިއްޖެޚަބަރު | 4 ދުވަސް ކުރިންކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީން ކުރިއަށްގެންދާ މަސްރޭސް ފަށައިފިޚަބަރު | 4 ދުވަސް ކުރިންއާމްދަނީ ހޯދުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ވަސީލަތަކީ ކަނޑާއި އޭގެ ވެށި : ވަޒީރު ޝިޔާމްޚަބަރު | 16 ދުވަސް ކުރިން