logo
MPL

MPL

ޚަބަރު

އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ނަގާ ކޮޅަށް ޖެހުމަށް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޖޫން 2026 - 12:37
''އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ކޮޅަށް ޖެހުމަށް''

މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ނަގާ ކޮޅަށް ޖެހުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ އެއްވެސް ވަރަކަށް އަޅާނުލައި ކަމަށާއި، ވޭތުވެދިޔަ ސަރުކާރުތަކުން މި ސިނާއަތަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެންމެ ބޮޑު އަމާޒަކީ މި ސިނާއަތް އަލުން އާރާސްތުކޮށް ވަރުގަދަ ކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަހުގެ އަގު މާކެޓް ރޭޓަށް ފްލޯޓްކޮށްލުމުގެ ސިޔާސަތުގެ ނަތީޖާ ރަނގަޅުވަމުންދާ ކަމަށެވެ. 

"އުންމީދު ކުރައްވަނީ މިހާރު ހުރި އަގުގައި އެންމެ ކުޑަމިނުން 20 ރުފިޔާއަށް ވުރެ ދަށް ނުވާނެ ގޮތަކަށް އަގު ހިފެހެއްޓުން،" ރައީސް ވިދާޅުވިއެވެ.

މިކަން ކުރުމަށްޓަކައި މަސް ރައްކާކުރެވޭނެ ގޮތްތަކާއި މަހަށް އަގު އެއްކުރެވޭނެ (ވެލިއު އެޑް) ގޮތްތައް ގާއިމުކުރުން މުހިންމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ލިބޭނެ ގޮތްތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މަސް ރައްކާކުރާ ފެސިލިޓީތައް އިތުރުކުރުމަށް ގިނަ މަޝްރޫއުތަކެއް މިހާރުވެސް ވަނީ ފަށާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ދައުރުގެ ތެރޭގައި ރާއްޖޭގައި މަސް ރައްކާކުރާ ކެޕޭސިޓީ ކުރިން ހުރި ވަރަށްވުރެ ދެ ގުނައަށް ބޮޑުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން މަސްވެރިންނަށް އެންމެ ހެޔޮ އަގު ލިބޭނެ ގޮތަށް ކޮލިޓީގައި މަސް ރައްކާކޮށް، ބޭރުގެ ބާޒާރުތަކަށް ވެލިއު އެޑްކޮށްގެން މަސް ބޭރުކުރުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 2 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 17 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން