logo
E-Platinum
ޚަބަރު

ލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އާމިނަތު ޝަފާ
27 ޖުލައި 2025 - 08:54
ލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ދިސަނަޔަކަ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

2 ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އާއި ރައީސް ދިސަނަޔަކަ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެފަރާތަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ.

މި ދަތުރުފުޅަކީ، ރައީސް ދިސަނަޔަކަ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދައުލަތުގެ ދަތުރުފުޅުކަމަށް ވެގެންދާނެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންކަމުން، މި އަހަރަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

މިއީ ލަންކާގެ ރައީސްކަމުގެ މަގާމާ ޑިސަނަޔަކެ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅު ވާނީ މިދިޔަ އަަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ދަތުރުފުޅަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ރައީސް ހުޅުއްވައިދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 3 ގަޑިއިރު ކުރިންދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންތަރައްޤީ ހާސިލުވާނީ އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން ނިންމައިގެންޚަބަރު | 6 ގަޑިއިރު ކުރިން