logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖުލައި 2025 - 14:18
ވީއައިއޭގެ އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަންތައް މިއަދު ފަށައި، ފުރަތަމަ މަތިންދާބޯޓަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ މަތިންދާބޯޓު، 707 2Q އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވާ އިރު، މި މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި، ޓާމިނަލަށް އައި ފުރަތަމަ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ވަނީ އަރުވައިފައެވެ.

މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ޓާމިނަލްގެ ތެރެއިން މަރުހަބާ ވިދާޅުވި ސަރުކާރާއި، އެމްއޭސީއެލްގެ އިސް ބޭފުޅުންގެ ތެރޭގައި މިނިސްޓަރު އޮފް ފައިނޭންސް މޫސާ ޒަމީރު، މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން، މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގް އިބްރާހިމް، އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފަސިންޖަރުންނަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާއެކު ފިނިފެންމަލުންނެވެ. އޭގެ އިތުރުން ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހާއްސަ ފިލައެއް ވަނީ އަރުވައިފައެވެ. މި ފިލާ އެ ކުންފުންޏަށް އެރުވީ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލަށް އެއާލައިންތަކުގެ އުދުހުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެކެވެ. އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރެވިގެންދާނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

މި އާ ޓާމިނަލާއެކު ވީއައިއޭގެ ފަސިންޖަރުންނަށް ދެވޭނެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، އެއާޕޯޓުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ. އަހަރަކު 7 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ މި އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އައު ޓާމިނަލުން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިވިޔަފާރި | 2 ދުވަސް ކުރިންއެއާޕޯޓް ހުޅުވަން ހަވާ އެރުވުން ދުނިޔޭގެ ރެކޯޑް ފޮތަށްޚަބަރު | 2 މަސް ކުރިންވީއައިއޭގެ އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށައިފިޚަބަރު | 2 މަސް ކުރިންއާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭނެޚަބަރު | 2 މަސް ކުރިން