logo
Bank of Maldives

Bank of Maldives

ޚަބަރު

އެއާޕޯޓް ހުޅުވަން ހަވާ އެރުވުން ދުނިޔޭގެ ރެކޯޑް ފޮތަށް

ހުސައިން ވަސީމް
27 ޖުލައި 2025 - 18:00
އެއާޕޯޓް ހުޅުވަން ހަވާ އެރުވުން ދުނިޔޭގެ ރެކޯޑް ފޮތަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ހަވާ އެރުވުމަށް ބޭއްވި ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފިއެވެ.

ހަވާ އެރުވުން ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އެރީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުމުގެ ރެކޯޑްގެ ގޮތުގައެވެ. އެއާޕޯޓް ހުޅުވުމަށް އެއްފަހަރާ 19 ސަޙައްދެއްގައި ހަވާ އަރުވާފައިވެއެވެ. ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވާފައިވެއެވެ. އެގޮތުން ހުޅުލެއާ މާލެ އަދި ހުޅުމާލެ ސަރަޙައްދު ހިމެނޭހެން 6 މިނެޓަށް ހަވާއަރުވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިނިސް ވޯލްޑް ރެކޯޑްއިން އެމްއޭސީލްއަށް މިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްއަށް ފުރަތަމަ ޖެއްސި އެއަރލައިންއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

GwzTKPAaQAEpVAk.jpeg

 

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ މަތިންދާބޯޓު، 707 2Q އަށެވެ.

އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވާ އިރު، މި މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި، ޓާމިނަލަށް އައި ފުރަތަމަ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ވަނީ އަރުވައިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ޓަމިނަލް ހުޅުވާފައި ވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އައު ޓާމިނަލުން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިވިޔަފާރި | 2 ދުވަސް ކުރިންނިލަންދޫ އެއަރޕޯޓު ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިންއެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެ: އެމްއޭސީއެލް ޚަބަރު | 12 ދުވަސް ކުރިންދިވެހި އިންޖިނިއަރުގެ އުފެއްދުންތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި ޚަބަރު | 12 ދުވަސް ކުރިން