logo
MPL

MPL

ޚަބަރު

ދިވެހި އިންޖިނިއަރުގެ އުފެއްދުންތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ޝަހްޒާ މުހައްމަދު
12 ސެޕްޓެމްބަރު 2025 - 12:52
ދިވެހި  އިންޖިނިއަރުގެ އުފެއްދުންތަކާއި  އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަކުރުމަށް މާލެ އުސްފަސްގަނޑުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބޭއްވި މި މި ކުޑަކުދިންގެ ހަވީރުގައި، އެމްއޭސީއެލް، ސްޓެލްކޯ، ފެނަކަ، އެޗްޑިސީ، އާރްޑީސީ، އެމްޓީސީސީ، އެމްއެންޑިީއެފް، ދިރާގު އަދި އޫރިދޫގެ ސްޓޮލްތައް ބައިވެރިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސްޓޮލްތަކުން، ކުޑަކުދިންނާއި ގުޅުންހުރި، އިންޖިނިއަރިންގެ ތަފާތު އެކިއެކި ކަންތައްތައް ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި ދިވެހި އިންޖިނިއަރުން ތައްޔާރުކޮށްފައިވާ ގޭމްތައްހިމެނެއެވެ.

އޭގެތެރެއިން އެމްއޭސީއެލްގެ ސްޓޯލުން، މެންދުރުޓިވީއަށް މައުލޫމާތުދިންގޮތުގައި އެސްޓޯލުން ދައްކައިދިނީ، އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ކަންތައްތަކެވެ. އޭގެތެރޭގައި އެއަރޕޯޓުގައި ބޭނުންކުރާ ބައެއްކަހަލަ އިންޖިނިއަރިންގެ ކަންކަމުގެ މޮޑެލްތައް ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ވަނީ ދައްކާފައެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 30 ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 19 ދުވަސް ކުރިންއޮފީސްތަކުން ސާފު ދިވެހި ބަހުން މުޢާމަލާތް ނުކުރާނަމަ ފިޔަވަޅު އަޅާނަން :ޝާކިރުޚަބަރު | 25 ދުވަސް ކުރިންމާލެ ސިޓީ ކައުންސިލުގެ ދަށުގައިވާ 14 ބިމެއް ސަރުކާރަށް ނަގައި، އެތަންތަނުގައި ހިންގާނެ މަޝްރޫޢުތައް އިއުލާނުކޮށްފިޚަބަރު | 25 ދުވަސް ކުރިންހައުސިން މިނިސްޓްރީން އެއްވެސް ލިޔުމެއް މަދުނުވާކަން ޔަގީންވެއްޖެޚަބަރު | މަހެއް ކުރިން