logo
MPL

MPL

ޚަބަރު

ހައުސިން މިނިސްޓްރީގެ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުއްޓާ ފެނުނު ނަމަވެސް އެއްވެސް ލިޔުމެއް މަދުނުވާކަން ޔަގީންވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ސެޕްޓެމްބަރު 2026 - 11:38
ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެ، ފޮޓޯ: ސަން
ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެ، ފޮޓޯ: ސަން

ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް، އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން އެ ވުޒާރާއަށް ހާޒިރުވެ ބަލައި ފާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ވުޒާރާއިން ކުރި ރިޕޯޓަކާ ގުޅިގެން، 2026 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ރޭ 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ހާޒިރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާއާ ގުޅިގެން، ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަން ވަނީ ކަށަވަރުކުރެވިފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާނީ ބޮޑު ބަދަލަކަށް، އެކި ރަށްރަށުގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 11 ގަޑިއިރު ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 7 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 7 ދުވަސް ކުރިން