އުމްރާނީ ބޮޑު ބަދަލަކަށް، އެކި ރަށްރަށުގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި
10 ނޮވެމްބަރު 2026 - 13:43

ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުމުގެ އިތުރުން މޫދަށް އެރޭ ސަރަހައްދުތަކާއި، ސްލިޕްވޭ އަދި އޮފިސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މަގުހެދުމުގެ މަޝްރޫއުތައް
އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
އދ. ހަންޏާމީދޫ: 1.57 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 450 ދުވަސް).
ބ. ކަމަދޫ: 3.79 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 540 ދުވަސް).
ކ. މާފުށި: 2.29 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 780 ދުވަސް).
ނ. މާޅެންދޫ: 2.075 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 630 ދުވަސް).
ރ. އަނގޮޅިތީމު: 3.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 720 ދުވަސް).
ރ. ވާދޫ: 2.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 630 ދުވަސް).
ށ. ކޮމަންޑޫ: 2.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 450 ދުވަސް).
ތ. ވަންދޫ: 2.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 720 ދުވަސް).
ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުން
ރަށްގިރުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި ރަށުގެ ގޮނޑުދޮށް ރީތިކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
އއ. މާޅޮސް: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ވެލިން ގޮނޑުދޮށް މުއްސަނދިކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިންސް އަދި އިރުމަތީ ފަރާތުގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން (މުއްދަތު: 360 ދުވަސް).
ހއ. ތުރާކުނު: ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިން އަދި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން (މުއްދަތު: 360 ދުވަސް).
ހދ. ނައިވާދޫ: ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުން އަދި ވެލިން ގޮނޑުދޮށް މުއްސަނދިކުރުން (މުއްދަތު: 90 ދުވަސް).
ހއ. ވަށަފަރު: ރިވެޓްމަންޓް، ބޭރުތޮށި އަދި ގްރޮއިން ޖެހުން (މުއްދަތު: 360 ދުވަސް).
ނ. މިލަދޫ: ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުން (މުއްދަތު: 450 ދުވަސް).
ރ. ފައިނު: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އެޅުމާއި، ވެލި އެޅުމުގެ އިތުރުން ގްރޮއިން ޖެހުން (މުއްދަތު: 150 ދުވަސް).
ބަނދަރު އަޕްގްރޭޑްކުރުމާއި ތަރައްގީކުރުމުގެ މަޝްރޫއުތައް
ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ގިނަ ރަށްތަކެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ:
ކ. ތުލުސްދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (މުއްދަތު: 360 ދުވަސް).
ނ. ހޮޅުމީދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (މުއްދަތު: 360 ދުވަސް).
ތ. ކަނޑޫދޫ: މިހާރުގެ ބަނދަރާއި ނެރު ފުންކުރުން، އުތުރު ފަރާތުގެ ނެރު ފުންކުރުން އަދި ދެކުނު ފަރާތުގެ ނެރުފައިކަށި ދިގުކުރުން (މުއްދަތު: 360 ދުވަސް).
ގއ. ކަނޑުހުޅުދޫ: ބައު ބަނދަރާއި އައު ބަނދަރު އަދި ނެރު ފުންކުރުން، އެއްގަމުތޮށި ލުން، މޫރިންގ ބޯއީ، ބްރިޖް، ޑިންގީ ޖެޓީ، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ނެރުފައިކަށި، ރިވެޓްމަންޓް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (މުއްދަތު: 480 ދުވަސް).
ގއ. ނިލަންދޫ: ބައު ބަނދަރާއި ނެރު އަދި އައު ބަނދަރު ފުންކުރުން، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ރިވެޓްމަންޓާއި ގްރޮއިން ޖެހުން، އެއްގަމުތޮށި ލުން، ރޭމްޕާއި ބްރިޖް، ޑިންގީ ޖެޓީ އަދި ބައްތި ހަރުކުރުން (މުއްދަތު: 720 ދުވަސް).
ތ. ވިލުފުށި: ބަނދަރާއި ނެރު ފުންކުރުން، ނެގޭ ވެލިން އުތުރު ފަރާތް ބެކްފިލްކުރުން، އެއްގަމުތޮށި ލުން، ބޮޑުހިލައިގެ ބްރޭކްވޯޓާ، ސޭންޑްފިލްޑް ރިވެޓްމަންޓް، މޫރިންގ ބޯއީސް، ރޭމްޕާއި ބްރިޖް، ގްރޮއިންސް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (މުއްދަތު: 600 ދުވަސް).
ސްލިޕްވޭ އަދި އޮފިސް ކޮމްޕްލެކްސް ތަރައްގީކުރުން
މީގެ އިތުރުން ހދ. ވައިކަރަދޫގައި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަކާއި މޫދަށް އެރޭ ސަރަހައްދެއް ހަދައި، އެ ދެ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، ގޮނޑުދޮށަށް ވެލިއަޅައި މުއްސަނދިކުރުމުގެ އިތުރުން ވެލިގަނޑު ހިފެހެއްޓުމަށް ގްރޮއިން ޖެހުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް އިމާރާތަކާއި، ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލެއް ހިމެނޭ ގޮތަށް އޮފިސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް 900 ދުވަހުގެ މުއްދަތެއް އެމްޓީސީސީއަށް ވަނީ ދީފައެވެ.

-01.jpg&w=3840&q=75)
