logo
MPL

MPL

ޚަބަރު

ދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީން

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
17 އޮކްޓޯބަރު 2026 - 17:34
ދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީން

އެއް މަސައްކަތްކުރާ ސަރުކާރުގެ ކުންފުނިތައް އެއްކޮށްލުމުން މެޝިނަރީއާއި، އާލާތްތަކުގެ އިތުރުން ފަންނީ މުވައްޒަފުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވާނެކަމަށް އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުބީން ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ ޓީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ އެއްކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައުލޫ އަށް އިތުރަށް ވާހަކަދައްކަވަމުން، މުބީން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަކީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން، ކުންފުންޏެއްގެ މެނޭޖްމަންޓްގެ ތަޖުރިބާއާއި ޒިންމާތަކަކީ އެ ކުންފުންޏެއްގެ ބޮޑުމިނާ މަސައްކަތުގެ ބާވަތާ އެކަށީގެންވާ ކަންކަމަށް ވާންޖެހޭ ކަމެއް ކަމަށް ވެސް މުބީން ފާހަގަކުރެއްވެވިއެވެ. އަދި އެކި ފަންތީގެ ކުންފުނިތައް ހިންގުމުގައި ތަފާތު ހުންނާނެ ކަމަށާއި ގިނަ ވަސީލަތްތަކާ އެކު ބޮޑު ކުންފުނިންޏެއް ހިންގުމަމީ މަސައްކަތް ހަލުވިކޮށްދޭނެ ކަމެއް ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 2 ގަޑިއިރު ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 6 ގަޑިއިރު ކުރިންއަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | 6 ދުވަސް ކުރިންދިއްދޫގައި އަލަށް އެޅި ވޮލީ ކޯޓް، ރަސްމީކޮށް ހުޅުވައިފިޚަބަރު | 7 ދުވަސް ކުރިން