logo
MPL

MPL

ޚަބަރު

އަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީ

އައިޝަތު ނަޝާއައިޝަތު ނަޝާ
11 އޮކްޓޯބަރު 2026 - 12:58
އަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީ

މާލޭ، އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ސެގްމެންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މި ހަފްތާގައި ފެށޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ސެގްމެންޓް 3 ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ހޯމަ ދުވަހު ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އޭގެ ފަހުން މި ހަފްތާގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

އެމްޓީސީސީން ލަފާކޮށްފައިވާ ގޮތުގައި ތާރުއެޅުމަށްފަހު މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެއެވެ.

އަމީނީ މަގު މަރާމަތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ނިމިދިޔަ ހަފްތާ ވަނީ މި މަޝްރޫއުގެ ދަށުން ސެގްމެންޓް 1 އަދި 2 ގައި ތާރުއަޅައި އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

HUVg-DvaYAAEXni.jpg

 

މުޅި މި މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަކީ އެމްޓީސީސީގެ އަމާޒެކެވެ.. މީގެއިތުރުން، އަމީނީ މަގު މަރާމާތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ ސަރަޙައްދުތަކުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | 2 ގަޑިއިރު ކުރިންދިއްދޫގައި އަލަށް އެޅި ވޮލީ ކޯޓް، ރަސްމީކޮށް ހުޅުވައިފިޚަބަރު | 9 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 6 ދުވަސް ކުރިންއަމީނީ މަގުގެ ދެ ސެގްމަންޓެއް ނިންމާ ހުޅުވާލައިފި, އާދީއްތައިގައި ދެން އޮތް ބައިގެ މަސައްކަތް ފަށަނީޚަބަރު | 8 ދުވަސް ކުރިން