logo
MPL

MPL

ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޮކްޓޯބަރު 2026 - 18:34
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުންނެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ މަގުގައި ހުރި ގާތަކާއި ދުވާރު ނެގުމުގެ މަސައްކަތެވެ. އަދި މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮމާން، ފަސޭހަ މަގުތަކެއް ލިބި، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މިއީ މާލެއަކީ އިތުރަށް ގުޅާލެވިފައިވާ އަދި ފަސޭހައިން ވާސިލުވެވޭނެ ސިޓީއަކަށް ހެދުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާއި ހަމައަށް ވަނީ ތަރައްޤީކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ފުޅާކޮށް ތަރައްޤީކޮށްފައިވާއިރު، ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދާނީ މިހާރު މަގުގެ ނުހެދި އޮތް ބައިތައް ތަރައްޤީކުރުމުގެ މަސައްކަތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންއަމީނީ މަގުގެ ދެ ސެގްމަންޓެއް ނިންމާ ހުޅުވާލައިފި, އާދީއްތައިގައި ދެން އޮތް ބައިގެ މަސައްކަތް ފަށަނީޚަބަރު | 2 ދުވަސް ކުރިންްއެމްޓީސީސީގެ ޕްރޮޖެޓް މެނޭޖަރުންނަށް ޕްރޮޖެކްޓް ހިންގާ ރޭވުމަށް ޓްރޭނިންގ ދީފިޚަބަރު | 9 ދުވަސް ކުރިން"މާލެ ޓެކްސީ ލައިން" ގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވޭ: އެމްޓީސީސީޚަބަރު | 19 ދުވަސް ކުރިން