logo
MPL

MPL

ޚަބަރު

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
27 އޮކްޓޯބަރު 2026 - 05:39
ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީ

ހއ. ދިއްދޫގައި ކުރިއަށްދާ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ދަނޑުގެ ވަށައިގެން ޕީވީސީ ފެންސް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި، ލައިޓް ހަރުކުރުމުގެ އޮނިގަނޑުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ދިއްދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަށް ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

މި މަޝްރޫޢަކީ ދިއްދޫގެ ރައްޔިތުންނަށް، ހާއްސަކޮށް ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެ ރަށުގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެމްޓީސީން ގެންދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަޝްރޫއުތައް ހިންގަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި އެމްޓީސީސީ އަކީ ވަރަށް ބޮޑު ހިއްސާއެއް އަދާކުރަމުންދާ ކުންފުންޏެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | ގަޑިއިރެއް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 6 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 10 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 10 ދުވަސް ކުރިން