logo
MPL

MPL

ޚަބަރު

މާލެ އުތުރު ބަނދަރުގެ ފިންގަރ ޖެޓީގެ ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

އިޙުސާނާ އިބްރާހީމް
17 އޮކްޓޯބަރު 2026 - 14:03
އެމްޓީސީސީން ފިންގަރ ޖެޓީގެ މަސައްކަތް ކުރަނީ
އެމްޓީސީސީން ފިންގަރ ޖެޓީގެ މަސައްކަތް ކުރަނީ

މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދާ ފިންގަރ ޖެޓީތަކުގެ ކޮންކްރީޓުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ޖުމްލަ 6 ޖެޓީއެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމަށް 18.98 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖުމްލަ 15 މީޓަރުގެ މި ޖެޓީތަކަށް ބޭނުންވާ ތަނބުތަކުގެ މަސައްކަތް އެމްޓީސީސިން މިހާރު ވަނީ ފަށާފަ އެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި މި މަސައްކަތް އަންނަ ހަފްތާގައި ނިންމާލެވޭ ވަރުވާނޭ ކަމަށާ މި ބަނދަރުތަކުގެ މަސައްކަތް ނިމުމުން ބަނދަރު ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށެވެ.

މިޖެޓީތަކުގެ މަސައްކަތް ނިމުމުން ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށް މަގަތުގައި ހުންނަ ލޯންޗުތައް ހުރަސްކޮށް ދާން ޖެހޭ އުދަނގޫ ހާލަތަށް ނިމުމެއް އަންނާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އަދި ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ލިބޭނެ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީއިން އިތުރަށް ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ގިނަ އުޅަނދުތަކަކަށް އެއް ފަހަރާ ޖެޓީއާ ކައިރިކުރެވި، ދަތުރުވެރިން އެރުމާއި ފޭބުމުގެ ރައްކާތެރިކަންވެސް ބޮޑުވެގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 2 ގަޑިއިރު ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 6 ގަޑިއިރު ކުރިންއަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | 6 ދުވަސް ކުރިންދިއްދޫގައި އަލަށް އެޅި ވޮލީ ކޯޓް، ރަސްމީކޮށް ހުޅުވައިފިޚަބަރު | 7 ދުވަސް ކުރިން