ދިއްދޫގައި އަލަށް އެޅި ވޮލީ ކޯޓް، ރަސްމީކޮށް ހުޅުވައިފި
11 އޮކްޓޯބަރު 2026 - 06:35

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް ރަސްމީކޮށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހުޅުވައިދެއްވައިފި އެވެ.
މި ވޮލީ ކޯޓް ތަރައްގީކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި ވޮލީކޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އަހުމަދު މުބީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ވޮލީކޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، މި ވޮލީކޯޓާއެކު ކުރެވޭ އެންމެބޮޑު އުއްމީދަކީ ގައުމީ ފެންވަރުގައާ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް ދިއްދޫއިންވެސް އުފެދިގެން ދިއުން ކަމަށެވެ. ރަށުގެ ކުދިބޮޑު އެންމެންވެސް މި ވޮލީކޯޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރު ކަމާއެކު ހިފުމަށް މިނިސްޓަރ ރާފިޢު އެދިވަޑައިގެންނެވިއެވެ.
އަދި އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަމާއި ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަހުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް މިނިސްޓަރ ރާފިއު ފާހަގަ ކުރެއްވެވި އެވެ.
އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

-01.jpg&w=3840&q=75)
