logo
MPL

MPL

ޚަބަރު

ތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

އަޙުމަދު ރިޝާން
21 އޮކްޓޯބަރު 2026 - 06:02
ތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

ކ. ތުލުސްދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެކުންފުނިން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މަރުކަޒު އެޅުމަށް ބިން ކޮނުމުގެ މަސައްކަތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢަކީ 38.91 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ވަށައިފާރު ރޭނުމާއި، އޮފީސް އިމާރާތެއް ހެދުމާއި، ގައިދީން ބައިތިއްބާނެ ތަނެއް ހެދުމުގެ އިތުރުން ގަރާޖެއް ހެދުން ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | ގަޑިއިރެއް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 4 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 4 ދުވަސް ކުރިންއަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | 10 ދުވަސް ކުރިން