logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ވިޔަފާރި

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީ

އައިޝަތު ނަޝާއައިޝަތު ނަޝާ
21 އޮކްޓޯބަރު 2026 - 09:58
 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީ

ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް (ވީ.އައި.އޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް އެމްއޭސީއެލް އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން މި ބަދަލު ގެންނަން ނިންމާފައިވަނީ، 25 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއޭސީއެލްއިން ބުނީ، މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީ.އައި.އޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.

މުޅި ވިންޓަރ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ

  • އިޓަލީގެ ނިއޯސް
  • އޭރޯފްލޮޓް
  • ޔޫއެސް-ބަންގަލާ އެއަރލައިންސް
  • އުޒްބެކިސްޓާނުގެ ސެންޓްރަމް އެއަރ
  • ރަޝިޔާގެ އަޒުރް އެއަރ
  • ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް
  • އަރުމީނިއާގެ ޝިރަކް އަވިއާ
  • ކުވައިތު އެއަރވޭސް
  • ބަލްގޭރިއާގެ ގުލިވް އެއަރގެ
  • ފްރެންޗް ބީ

މިމަހުގެ 25 އިން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން، ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް އައުމަށް އެމްއޭސީއެލް އިން ވަނީ އެދިފަ އެވެ. ފުރުމުގެ ހުރހާ ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް އައުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށް ވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެމްއޭސީއެލް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރިން ބައިނަލްއަޤްވާމީ އުދުހުންތަކަށް ޚާއްޞަކޮށްފައިވާ ޓާމިނަލް 2ގެ ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާއެކު އަލުން 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް މިހާރު ފޯރުކޮށްދެވެމުން އަންނަނީ އެ ޓާރމިނަލްއިންނެވެ. އެޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުޞަތުތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދެއް ވަނީ ޤާއިމުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 3 ގަޑިއިރު ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންއޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 2 މަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 2 މަސް ކުރިން