logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ވިޔަފާރި

އިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފި

އައިޝަތު ނަޝާއައިޝަތު ނަޝާ
30 އޯގަސްޓު 2026 - 08:03
އިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ކުރިއަށްގެންދިޔަ ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ ގުޅިފައިވާ އެކިއެކި އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.

ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުގެ ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާގެ ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

HQ5pLVHasAAz9_O.jpg



މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން އިންޖިނިއަރިންގ އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ވޯޓަރ އެންޑް ސެވެރޭޖް ސަރވިސަސް (ޑަބްލިއު.އެސް.އެސް)، މެކޭނިކަލް ސަރވިސަސް (އެމް.އެސް.ޔޫ)، ހީޓް ވެންޓިލޭޝަން އެންޑް އައަރ ކޮންޑިޝަނިންގ (އެޗް.ވީ.އޭ.ސީ)، ފިއުލް ސަރވިސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް (އޭ.ޖީ.އޭ) އަދި ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީ.ޖީ.ޑީ.ޑީ)ގެ ދާއިރާ ހިމެނެއެވެ.

HQ5pLVBbQAAVeew.jpg

 

މިއީ ރާއްޖޭގެ މައި ވައިގެ ބަނދަރު އެކަށީގެންވާގޮތުގައި ހިންގުމަށް ކުރެވޭ މުހިންމު މަސައްކަތްތައް ތަޖުރިބާކޮށްލުމަށް ކުދިންނަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.

 މި ޙަރަކާތުގައި ބައިވެރިވެރިންނަށް އެމް.އޭ.ސީ.އެލް ގެ އިންޖިނިއަރުންގެ ޢަމަލީ ތަޖުރިބާ ހިއްސާކޮށް، އެއަރޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިންގ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އެމް.އޭ.ސީ.އެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 4 ގަޑިއިރު ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންއޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 2 މަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 2 މަސް ކުރިން