އޮފީސްތަކުން ސާފު ދިވެހި ބަހުން މުޢާމަލާތް ނުކުރާނަމަ ފިޔަވަޅު އަޅާނަން :ޝާކިރު
16 އޮކްޓޯބަރު 2026 - 06:33
އޮފީސްތަކުން ސާފު ދިވެހި ބަހުން މުޢާމަލާތު ކުރުމަކީ ގާނޫނުން ލާޒިމުކުރާ ކަމެށް ކަމަށާއި އެގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ހަސަން ޝާކިރު މުހައްމަދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީ މައުޟޫއު ޕްރޮގުރާމުގަ ވާހަކަ ދައްކަވަމުން ޝާކިރު ވިދާޅުވީ ރާއްޖޭގެ ހުރިހައި އޮފީސް ތަކަކަކާއި އަދި ހުރިހާ ކުންފުނިތަކެއްގައި ވެސް ރަސްމީ އަދި ނުރަސްމީ ހުރިހާ އިދާރާތަކެއްގެ މަސައްކަތް ކުރަން ޖެހޭނީ ދިވެހި ބަހުންކަން ޤާނޫނުަ އާސާސީގައި ވަރަށް ސާފުކޮށް އޮންނާނެ ކަމަށެވެ. ނަމަވެސް ދައުލަތުގެ ބައެއް މުއައްސަސާތަކާއި އޮފީސްތަކާއި މިނިސްޓުރީތަކުން މުއާމަލާތު ކުރުމުގަ އިގިރޭސި ބަހަށް އިސްކަންދޭކަން ފާހަގަކުރެވޭކަމަށް ޝާކިރު ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
އަދި ވަކިން ހާއްސަކޮށް އެކިއެކި ބައްދަލުވުން ތަަކުގަ އިގިރޭސިބަހުން މުއާމަލާތަު ކުރުމުގެ އިތުރުން ދިވެހި ބަހާއި އިނގިރޭސި ބާހާއި ދެސް މަސްހުނި ކޮށްގެން ވާހަކަ ދައްކާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން އޮފީސްތަކުގައި ސާފު ދިވެހި ބަހުން މުޢާމަލާތު ކުރުމަކީ ގާނޫނުން ލާޒިމުކުރާ ކަމެށް ކަމަށާއި އެގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ޝާކިރު ވަނީ ވިދާޅުވެފައެވެ.
ޝާކިރު ވިދާޅުވިގޮތުގައި އަޅުގަނޑުގެ މާދަރީ ބަހަކީ ދިވެހި ބަސްކަމަށާއި އެކަން ގަބޫލު ކުރަން ޖެހެނީ ވަކި ބަޔަކު ނޫން ކަމަށެވެ. ވިދާޅުވީ ހުރިހާ ދިވެހިންވެސް އެކަން ގާބޫލުކުރަން ޖެހޭ ކަމަށެވެ. ދިވެހިބަހަކީ އަޅުގަޑުމެންގެ ވަރަށް ބޮނޑުއަމާނާތެއްކަން ފާހަގަކުރަށްވާ ޝާކިރު ވިދާޅުވީ މި ތަރިކަ ދަމަހައްޓާ ބެލެއްޓުމަކީ ގާނޫނުން އަޅުގަނޑުމެންގެ މައްޗައް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.

-01.jpg&w=3840&q=75)
