logo
MPL

MPL

ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ ހަމަޖައްސަން ސަރުކާރުން ބޮލަކަށް 2 ލައްކަ ރުފިޔާގެ އެހީއެއް ދޭނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2026 - 18:36
ގެދޮރު ލޯނުގެ އިކުއިޓީ ހަމަޖައްސަން ސަރުކާރުން ބޮލަކަށް 2 ލައްކަ ރުފިޔާގެ އެހީއެއް ދޭނީ

ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ ހަމަޖެއްސުމަށް ކޮންމެ މީހަކަށް 2 ލައްކަ ރުފިޔާ ލިބޭނެ ފަދަ ޚާއްސަ ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ މީޑިއާތަކުން ދެއްކި "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ބައެއް އާންމު ރައްޔިތުން ވަނީ ގެދޮރު އެޅުމަށް ލޯނު ހޯދުމުގައި ހުރި ދަތިތައް ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް ރަސްމީ ވަޒީފާއެއް ނެތުމުގެ ސަބަބުން ލޯނު ނުލިބުމާއި، ލޯނު ހަމަޖެއްސުމަށް ބޭންކުތަކުން ޝަރުތުކުރާ އިކުއިޓީ ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކުގެ ޝަކުވާ ވަނީ ހުށަހަޅާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ގެދޮރު އެޅުމަށް ލޯނު ލިބޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްކީމުގެ ދަށުން ދޭ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، އޭގެ ސަބަބުން ބޭންކުތަކުން ބޭނުންވާ އިކުއިޓީ ހަމަޖެހި ލޯނު ލިބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ދެނީ އިކުއިޓީ ކޮމްޕޯނަންޓަށް ދޭ އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް. ދެ ލައްކަ ރުފިޔާވަރު ކޮންމެ މީހަކަށް. ދެން ގޭގެ ތިން ހަތަރު މީހުން އެއްކޮށްލައިގެން ޖުމްލަ މިލިއަނެއްހާ ރުފިޔާ ވެސް ލިބިދާނެ ފަސް މީހަކު ތިބެއްޖެއްޔާ،" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިފަދަ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރު ލޯނުގެ އިކުއިޓީ ހަމަޖައްސަން ސަރުކާރުން ބޮލަކަށް 2 ލައްކަ ރުފިޔާގެ އެހީއެއް ދޭނީޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ މި މަހު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ، ވައިގެ ދަތުރުފުޅުތަކާއި ދިފާއީ އެއްބަސްވުންތައް ހިމެނޭޚަބަރު | 7 ގަޑިއިރު ކުރިންދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | 4 ދުވަސް ކުރިން