logo
MPL

MPL

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މި މަހު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ، ވައިގެ ދަތުރުފުޅުތަކާއި ދިފާއީ އެއްބަސްވުންތައް ހިމެނޭ

އަޙުމަދު ރިޝާން
15 އޮކްޓޯބަރު 2026 - 12:51
ރައީސުލްޖުމްހޫރިއްޔާ މި މަހު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ، ވައިގެ ދަތުރުފުޅުތަކާއި ދިފާއީ އެއްބަސްވުންތައް ހިމެނޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، މި މަހުގެ 20 އިން 22 އަށް އެ ޤައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިޖެ އެވެ.

މިއީ 2015 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ ރައީސް މުޢިއްޒު ބައްދަލުކުރެއްވުމަށް ވަނީ ރޭވިފައެވެ. ރަސްމީ ފެންވަރުގައި ބާއްވާ މި މަޝްވަރާތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ސަރަޙައްދީ މަސްލަޙަތުތަކާއި، ސާކް ޖަމްޢިއްޔާ އަލުން ހަރަކާތްތެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި އދ. އާއި އޯއައިސީ ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ މެދުވެސް ޚިޔާލު ބަދަލުކުރާނެއެވެ.

 މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން 12 ވަރަކަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން ދިޔުމެވެ. އޭގެ ތެރޭގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާއި، ސިއްހީ ދާއިރާއާއި މަތީ ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުނުމުގެ އިތުރުން ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

މީގެ އިތުރުން މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ ގުޅުން، ފަތުރުވެރިކަން، މޫސުމީ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ވެސް ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ މި މަހު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ، ވައިގެ ދަތުރުފުޅުތަކާއި ދިފާއީ އެއްބަސްވުންތައް ހިމެނޭޚަބަރު | ގަޑިއިރެއް ކުރިންދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | 3 ދުވަސް ކުރިން ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސްޚަބަރު | 4 ދުވަސް ކުރިން