logo
MPL

MPL

ޚަބަރު

ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސް

އަޙުމަދު ރިޝާން
11 އޮކްޓޯބަރު 2026 - 05:17
ދިވެހީންގެ ހުނަރުތައް އެއްތަނަކުން ފެންނަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ދިވެހީންގެ ހުނަރުތައް އެއްތަނަކުން ފެންނަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ. ބައިނަލްއަގްވާމީ ގޮތުން އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ   "އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް" އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު ދިވެހިރާއްޖެއިން ފުރިހަމައަށް ބައިވެރިވާކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.

 

ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން، ގައުމީ ތަރައްގީގައި އެކަނބަލުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ. މިފަދަ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރެވޭނީ އާއިލާތަކާއި މުޖުތަމައުގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އަންހެން ދަރިން ބިނާކުރުމަށް ކުރާ އިންވެސްޓަކީ، މާދަމާގެ ހަމަހަމަ، އެންމެން ބައިވެރިވާ، އަދި ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓްކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މުޖުތަމައުގެ ކުރިއެރުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އާ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީޚަބަރު | ދުވަހެއް ކުރިންއިދިކޮޅުގެ ދުއްތުރާތަކުން ހަށިފޮޅާލައި ރާއްޖެއަށް މާލީ ބޮޑު ކާމިޔާބީއެއްރިޕޯޓް | 2 ދުވަސް ކުރިންރައީސް ދެއްވީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންޚަބަރު | 3 ދުވަސް ކުރިން