logo
MPL

MPL

ޚަބަރު

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޮކްޓޯބަރު 2026 - 18:20
ރައީސް ދެއްވީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 9 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވި އާންމު ރައްޔިތަކު ވަނީ ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ތަކެތި ގެނައުމުގައި މިހާރު ދިމާވާ ދަތިތަކުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ލޯފަން މީހަކު ވެސް ވަނީ އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތައް ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން މިސްކިތްތަކުގެ ސަފުތަކާއި ގިބުލަ ފަސޭހައިން އެނގޭނެ އިންތިޒާމު ނެތުމާއި، އާރްޓީއެލް ބަހުގައި ދަތުރުކުރާއިރު ބަސް މަޑުކުރާ ސްޓޮޕްތައް އަޑުން އިނގޭނެ ނިޒާމެއް ނެތްކަން އޭނާ ފާހަގަކުރިއެވެ. އަދި ބޮޑުތަކުރުފާނު މަގު މިހާރު ހަދާފައިވާ ސަރަޙައްދު ފަދައިން، ކުރިއަށް އޮތް ތަނުގައި މަގުތައް ހަދާއިރު ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވާނެހެން ފަރުމާކުރުމަށް އެދިފައިވެއެވެ. މި ކަންކަމާ ގުޅިގެން ރައީސް ވަނީ އެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން މިހާތަނަށް 9 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްލަ 101 މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހަޅާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގެ އިގުތިސާދަށް ފެހި ސިގްނަލެއް: މޫޑީސް އިން ރޭޓިން މަތިކޮށް އިތުބާރު އާކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށަށް، 18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދައިފިޚަބަރު | 10 ގަޑިއިރު ކުރިންކޮންމެ ރަށެއްގައި ރާސްތާ ޕްރޮގުރާމް ކުރިއަށް ގެންދާނެ މީހުން ތަމްރީން ކުރަނީޚަބަރު | 2 ދުވަސް ކުރިން