ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށަށް، 18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދައިފި
8 އޮކްޓޯބަރު 2026 - 09:41

ރާއްޖޭގެ 18 އަތޮޅެއްގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި ޚާއްޞަ އިދާރާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި މަރުކަޒުތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާނެ ތަންތަނުގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ މި މަރުކަޒުތައް އުފެއްދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި ނިންމެވުން ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުން ނަންބަރު 2026/16 ގައެވެ.
މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކުން ލިބޭނެ ފަސޭހަ އިންތިޒާމު ހަމަޖެއްސެވުމެވެ.
މިއަދު އުފެއްދެވި 18 މަރުކަޒަކީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ ކޮންމެ އަތޮޅަކަށް ޚާއްޞަކޮށްގެން ޤާއިމުކުރި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ތަކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި މި މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކުން ލިޔާ ސިޓީތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މުއައްސަސާ ނަންބަރުތަކުގެ ތަފުޞީލުވެސް ވަނީ ހިމަނުއްވާފައެވެ.

-01.jpg&w=3840&q=75)
