ރަށްރަ ރަށެއްގައި ރާސްތާ ޕްރޮގުރާމް ކުރިއަށް ގެންދާނެ މީހުން ތަމްރީން ކުރަނީ
7 އޮކްޓޯބަރު 2026 - 05:50

ރާއްޖޭގެ ކޮންމެ ރަށެއްގައި އިސްރަށްވެހިންނަށް ހިންގާ ރާސްތާ ޕްރޮގުރާމް ކުރިއަށް ގެންދާނެ ފަންނީ މީހުން ތަމްރީން ކުރަމުންދާ ކަމަށް ސޯޝަލް ޕޮރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
މެންދުރު ޓީވީގެ މައުޟޫ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެ އެޖެންސީގެ ސީނިއާ ފްރޮޓެކްޝަން އޮފިސަރ ފާތުމަތު މިޒުފާ ވިދާޅުވީ 2024 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އުފާވެރި ރާސްތާ ޕްރޮގްރާމަކީ އިސްރަށްވެހިންނަށް އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ހޯދައިދިނުމަށް އަމާޒު ކޮށްގެން ހިންގަމުންދާ ޕްރޮގުރާމެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިޒުފާ ވިދާޅުވީ ރާސްތާ ޕްރޮގުރާމް މިހާރުވެސް ބައެއް ރަށްރަށުގައި ކުރިއަަށް ގެންގޮސްފައިވާނެ ކަމަށާއި އިތުރު ރަށްރަށުގައިވެސް މިޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންރަށްތަކެއް ކަމެއް ހިއްސާކުރައްވާފައެއް ނުވެއެވެ.
"މިއީ ކޮންމެ ރަށެއްގައިވެސް 55 އަހަރުން މަތީގެ މީހުންނަށް ދައުވަތު ދީގެން އެބޭފުޅުންގެ ކައިރިއަށް ގޮސް ވާހަކަ ދައްކާ އެބޭފުޅުންގެ ހުރި ގޮންޖެހުންތައް ބަލައި، އާއިލާެއިން ކިހާވަރަކަށްތޯ ސަޕޯޓް ލިބެނީ، ކިހިނެއްތޯ ދުވަސްތައް ހޭދަކުރާނީ، މިކަހަލަ ކަންކަމަށް އެފަރާތާ ވާހަކަދައްކައިގެން ކުރިއަށް ގެންދާ ޕޮރޮގްރާމެއް،" މިޒުފާ ވިދާޅުވިއެވެ.
ރާއްޖޭގެ އިސްރަށްވެހިންގެ އާބާދީ އިތުރުވަމުންދާތީ މިފަދަ ޕްރޮގުރާމެއްގެ ބޭނުމަކީ އެ އުމުރުގެ މީހުންގެ ސިއްހީދުޅަހެޔޮކަން އިތުރުކުރުމަށް މުހިއްމު ކަމެއް ކަމަށް ވެސް މިޒުފާ ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
