logo
MPL

MPL

ޚަބަރު

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވަވައިފި

އަޙުމަދު ރިޝާން
6 އޮކްޓޯބަރު 2026 - 13:43
ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވަވައިފި

 ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވަވައިފި އެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ސަރުކާރުގެ ވަޢުދުތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކުރިޔަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއްގަ އެވެ. ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ލަސްވުންތަކަށް އަވަސް ހައްލު ހޯދައިދީ، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ފެންވަރު ރަނގަޅުކޮށް އަދި ޚަރަދު ކުޑަގޮތަކަށް މަސައްކަތްތައް ނިންމުމަށް ކުރަންހުރި ކަންކަމާ މެދު މަޝްވަރާކުރުމެވެ. އެގޮތުން މިހާރު ކުރިއަށްދާ އަދި ރާވާފައިވާ މަޝްރޫޢުތަކުގެ ތަންފީޒީ މަރުޙަލާ ހުރި ހިސާބު ވަޒީރުން ވަޒަންކުރައްވާފައިވެއެވެ.

އަދި މަޝްރޫޢުތައް ހިންގުމުގައި ކުރިމަތިވާ މާލީ، ފަންނީ އަދި އިދާރީ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމުގެ އިތުރުން، ވުޒާރާތަކާއި ކުންފުނިތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް އެއް އަމާޒަކަށް މަސައްކަތްތައް ވިލެސްކޮށްގެން ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވެސް ވަޒީރުން އަލިއަޅުވާލާފައިވެއެވެ. މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ކޮންމެ މަޝްރޫޢުއަކަށްވެސް ޚާއްޞަ އިސްކަމެއްދީގެން ކުރިއެރުން ބަލައި މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަނީ ނިންމާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެސްފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫޢުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައިވެއެވެ. އަދި ވަކިވަކި މަޝްރޫޢުތައް ކަނޑައަފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވަވައިފިޚަބަރު | 2 ގަޑިއިރު ކުރިންމީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސްޚަބަރު | ދުވަހެއް ކުރިން