މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފި
5 އޮކްޓޯބަރު 2026 - 07:33

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މިއަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ޤާނޫނުގައިވާގޮތުން މީރާގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރަނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ރުހުން ލިބޭ ފަރާތްތަކަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އެގޮތުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ސ. ހުޅުދޫ ބަގީޗާގޭ، އަޙްމަދު ޝަފްނީޒާއި، ވ. މިޔަރެސް، އަޙްމަދު މައުސޫމްގެ އިތުރުން ކ. ދިއްފުށި ކަނޑުގަސްދޮށުގެ، މަރިޔަމް ޖައިދާގެ ނަމެވެ.
މި ނަންތައް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިއިގްތިސޯދީ ކޮމިޓީއަށް ފޮނުވާފައެވެ. އެ ކޮމިޓީން އެ ތިން ބޭފުޅުންނާ އިންޓަވިއުކޮށް މާކްސް ދިނުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން މި މަގާމަށް ބޭފުޅަކަށް ރުހުންދިނުމަށް ފާސްކުރާނެއެވެ.

-01.jpg&w=3840&q=75)
