logo
Bank of Maldives

Bank of Maldives

ޚަބަރު

ޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސް

އަޙުމަދު ރަމީޒު
5 އޮކްޓޯބަރު 2026 - 04:26
ރައީސް މުއިއްޒު ހުޅުމާލެ ސީއެޗްއެސްއީގެ ދަރިވަރުންނާއެކު
ރައީސް މުއިއްޒު ހުޅުމާލެ ސީއެޗްއެސްއީގެ ދަރިވަރުންނާއެކު

ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ޒުވާން ޖީލުތަކަށް މަގު ދައްކައި ދިނުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ މުދައްރިސުންގެ އިލްމީ ގާބިލުކަމާއި ނުގުޑާ އަޒުމާއި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށް ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެ ގައުމުގެ މުސްތަގުބަލަށްޓަކައި މުދައްރިސުން ވަމުންދާ ގުރުބާނީ އާއި ހިދުމަތަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުދައްރިސުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާހައުލެއް ގާއިމުކޮށް ދިނުމަކީ ޒިންމާއެކެވެ.

މުދައްރިސުންގެ ދުޅަހެޔޮ ކަމަށާއި މަސައްކަތުގެ ބުރަ ކުޑަ ކުރުމަށާއި ވަޒީފާގެ މާހައުލު ރަނގަޅު ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކުރާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިވަރުންނާއި މުޅި ގައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަކުރުން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، އުނގަންނައި ދިނުމުގެ ފަންނުގެ އަގުވަޒަންކޮށް، މުދައްރިސުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ކިބައިގައިވާ ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީކުރާ ކުއްޖަކަށް ހެދުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބިދޭ ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމި ތިބުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 36 މިނިޓު ކުރިންޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންޓީޖީއެސްޓީނަގާ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި: އަމީންޚަބަރު | ދުވަހެއް ކުރިން