logo
Bank of Maldives

Bank of Maldives

ޚަބަރު

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޮކްޓޯބަރު 2026 - 04:47
މެލޭޝިޔާގައި ނިޔާވި ދަރިވަރު، ފޮޓޯ: ރައީސްގެ އެކްސް ޕޯސްޓް
މެލޭޝިޔާގައި ނިޔާވި ދަރިވަރު، ފޮޓޯ: ރައީސްގެ އެކްސް ޕޯސްޓް

މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ދަރިވަރުގެ ޢާއިލާ އަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ނިޔާވެފައިވަނީ ސ. ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި މަރްޙޫމާ އިމީލީގެ ފުރާނައަށް މާތްﷲގެ ތަނަވަސް ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

 

View post on Twitter

 

އިމީލީއަކީ މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި މަތީ ތަޢުލީމު ހާސިލުކުރަމުން އައި ދަރިވަރެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޝޮޕިން މޯލްއަކަށް ދިއުމަށް ފަހު، އެނބުރި ގެއަށް ދަތުރުކުރި ވަގުތުގައެވެ. އަދި އެ ވަގުތު ކާރުގައި އިތުރު ދިވެއްސަކު އިން ކަމަށާއި، އެ މީހާއަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވަނީ އެނގިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފިޚަބަރު | ދުވަހެއް ކުރިންޓީޖީއެސްޓީނަގާ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި: އަމީންޚަބަރު | ދުވަހެއް ކުރިން