logo
MPL

MPL

ޚަބަރު

ވަޢުދުތައް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ މުޢިއްޒު: ވަޒީރު ސަޢީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޮކްޓޯބަރު 2026 - 19:09
ވަޢުދުތައް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ މުޢިއްޒު: ވަޒީރު ސަޢީދު

ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް އެއްކުރައްވައި ފޮތެއްގެ ސިފައިގައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އެކަން އެގޮތަށް ކުރެއްވީ ނުހަނު ހާމަކަމާއި ތެދުވެރިކަމާއެކު އެ ވަޢުދުތައް ފުއްދެވުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫޢުތަކުގެ ކަންކަން ވަރަށް ގާތުން އެމަނިކުފާނު ބައްލަވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، މިއަދުގެ ވަރަށް ގިނަ ވަގުތުވެސް ރައީސް ޚާއްޞަކުރެއްވީ މަޝްރޫޢުތަކުގެ ކަންކަން ބެއްލެވުމަށް ކަމަށާއި، ކޮންމެ މަޝްރޫޢެއްގެ އެންމެ ފަހުގެ އަދާހަމަ އެމަނިކުފާނު އަމިއްލަފުޅަށް ބައްލަވައި ކަންކަން ނިމެމުންދާ މިންވަރު ވަޒަންކުރެއްވި ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މަސައްކަތްތަކުގައި އެއްވެސް ދައްޗެއް އޮތް ނަމަ، އެކަމަށް ޙައްލު ހޯއްދެވުމަށް ސީދާ ރައީސް އިސްނެންގެވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަޢީދު އިތުރަށް ވިދާޅުވީ، ކޮންމެ ވަޢުދަކާ ގުޅޭ މަސައްކަތްތަކުގައި ޝާމިލްވާ ހުރިހާ ޒިންމާދާރު ފަރާތްތަކާ އެކު އެއް މޭޒެއްގައި މަޝްވަރާކުރައްވައި، ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަންކަމަށް އެންމެ އިސްކަން ދެއްވަނީ ޤައުމަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސް ޑރ. މުޢިއްޒުގެ ހިތްޕުޅުގައި އޮތް ޝައުޤާއި ސަމާލުކަމުގެ ބޮޑުކަމުން ކަމަށެވެ. މިއީ ވެރިކަންކުރާ ޕާޓީއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޢުދުތައް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ މުޢިއްޒު: ވަޒީރު ސަޢީދުޚަބަރު | ގަޑިއިރެއް ކުރިންތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވަވައިފިޚަބަރު | 7 ގަޑިއިރު ކުރިންމީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން