ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން ޚާއްސަ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީ
10 އޮކްޓޯބަރު 2026 - 05:29

ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތީން، އޯގާތެރި އަދި ފަސޭހައިން ލިބިގަނެވޭ ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށްޓަކައި ސިޔާސަތުތަކަށާއި ގާނޫނުތަކަށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ އަޑާއި ތަޖުރިބާތަކުގެ އަލީގައި ބައްޓަންކުރެވިފައިވާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު އަލުން އައުކުރައްވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ވައުދު ފުރިހަމަކުރުމަށްޓަކައި "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029" ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ގައުމީ ނަފްސާނީ ސިއްހަތުގެ ސިޔާސަތެއް އެކުލަވައިލުމާއި، ޖުމްލަ ހައްލެއް ހިމެނޭ ނަފްސާނީ ސިއްހަތުގެ ގާނޫނެއް ހެދުން ހިމެނޭހެން، ސިޔާސަތުތަކަށާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން ހިމެނެއެވެ.
މީގެއިތުރުން، ޕްރައިމަރީ ހެލްތުކެއާގެ ތެރެއަށް ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް އެއްފަސްކޮށް، ސަރަހައްދީ ފެންވަރުގައާއި ސްޕެޝަލިސްޓް ފެންވަރުގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓެލެ-މެންޓަލް ހެލްތާއި ކާރިސާތަކަށް އިޖާބަދޭ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ ބަލިތަކުން ރައްކާތެރިވުމަށާއި ކުރީބައިގައި ފިޔަވަޅު އެޅުމަށް އިސްކަންދިނުމާއެކު، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ކޮންމެ ރަށެއް، ކޮންމެ މުޖުތަމައެއް، އަދި ކޮންމެ ތެދުވެރި ވާހަކަދެއްކުމަކުން، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި ދިވެހިރާއްޖެއެއް ބިނާކުރުމަކީ އަމާޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
