logo
MPL

MPL

ޚަބަރު

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީ

އަޙުމަދު ރަމީޒު
12 އޮކްޓޯބަރު 2026 - 05:15
ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އަހާ ފޯރަމުގައި ވާހަކަދައްކަވަނީ
ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އަހާ ފޯރަމުގައި ވާހަކަދައްކަވަނީ

ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

"އަހާ" ފޯރަމްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މަޝްރޫއުގެ ކޮންޓްރެކްޓަރު ބަދަލުކޮށް ވަރަށް އަވަހަށް އެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާ އެކީގައި އަޅުގަނޑުމެން ސޮއިކޮށް މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށޭނެ," އަމީން ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގއ. ވިލިނގިލި ފަޅު ހިއްކައިގެން އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވިލިނގިލީގައި 2023 ވަނަ އަހަރުގެ އޮގަސްޓް 28 ވަނަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޕީއެންސީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް މުއިއްޒު ވިދާޅުވީ ވިލިނގިއްޔާ އިންވެގެން އޮންނަ ކޫއްޑޫގައި މިހާރު އޮތް އެއާޕޯޓް އޭނާގެ ވެރިކަމެއްގައި ބަދަލުކުރާނީ ޓްރެއިނިން އެއާޕޯޓަކަށް ކަމަށެވެ.

ވިލިނގިލި ފަޅު ހިއްކައިގެން ހަދާ އެއާޕޯޓާ އެކު އެތަނުގައި އަދި ރާއްޖޭގެ ދެކުނުގެ އެކި ސަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ފަށާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ރައީސް ގަބޫލުކުރައްވާ ގޮތުގައި ގދ. އަތޮޅާއި ގއ. އަތޮޅުގައިވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަންޖެހެ އެވެ.

"ގއ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް. ވިލިނގިލި ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށް ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިިން އެއާޕޯޓެއް ގޮތުގައި ބޭނުންކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވިލިނގިލި ފަޅުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކާނީ ވިލިނގިއްޔާ އެ ފަސްގަނޑާ ގުޅިގެންދާ ގޮތަށް ކަމަށެވެ. އަދި ހިއްކާ ބިމުގައި އެއާޕޯޓެއް އެޅުމުގެ އިތުރުން ވިލިނގިލި ރައްޔިތުންނަށާއި އަމިއްލަ އިހްތިޔާރުގައި ވިލިނގިއްޔަށް ބަދަލުވާން ބޭނުންވާ މީހުން ދިރިއުޅުމަށް ބޯހިޔާވަހިަމަށް ބިން ދޫކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ނުކޮށްދެވޭނެ ކަމެއްގައި އަޅުގަނޑު ވައުދެއް ނުވާނަން،" ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް އޭރު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ކޫއްޑޫ މަސް ފެކްޓަރީ އިތުރަށް ތަރައްގީކުރުމަށާއި ވިލިނިގިލި ހިމެނޭ ސަރަހައްދުގައި ޑިކޮމްޕެރެންޝަން ޗެމްބަރެއް ގާއިމުކޮށްދިނުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | ގަޑިއިރެއް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | 12 ގަޑިއިރު ކުރިން ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސްޚަބަރު | ދުވަހެއް ކުރިންނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އާ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީޚަބަރު | 2 ދުވަސް ކުރިން