logo
MPL

MPL

ޚަބަރު

ފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޮކްޓޯބަރު 2026 - 18:46
ފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން ދަށްވެގެން ދިޔަ ތިން މަހާއެކު ވެސް، މިއަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ފަތުރުވެރިންގެ އަދަދު ދަށްވުމާ ގުޅިގެން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ފާހަގަކުރެއްވީ، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރު ކަމަށެވެ. އެގޮތުން އެ އަހަރު ފަތުރުވެރިން އައި އަދަދު ރަނގަޅުވި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑު މަތިވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރު ސިވިލް އޭވިއޭޝަނަށް ބަދަލުތަކެއް ގެނެސް، ސަލާމަތީ މިންގަނޑު މަތިކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑު ބަލާ އައިކާއޯ (ICAO) އޮޑިޓުން ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދިއެވެ.

undefined

ވަޒީރު އަމީން އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

 

"ރައީސް ނިންމެވި ނިންމެވުމާއި ކުރެވުނު މަސައްކަތުން، ހެޔޮ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ކުރީ ކޮޅު އައިކާއޯ އޮޑިޓް ނިމިގެންދިޔައިރު، %79.6 ލިބިގެންދިޔަ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެން ދިޔައީމަ ވަރަށް ގިނަ ޔޫރަޕުގެ ކެރިއާސްތައް އައުމާއެކީގައި މިދެންނެވި 2.275 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްގެން ދިޔަ،" ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އަހަރު ފެށިގެން ޖަނަވަރީ އަދި ފެބުރުވަރީ މަހު ސަރުކާރުން އަމާޒު ހިފިގޮތަށް ކުރިއެރުން ހޯދި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއެކު މާރިޗު، އެޕްރީލް އަދި މޭ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 24 އިންސައްތަ ދަށްވި ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރާއި މި ސިނާޢަތް ގުޅިގެން ކުރި މަސައްކަތުން އެ ތަފާތު މިހާރު 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރުގެ ފޯކާސްޓަކީ މިދިޔަ އަހަރާއި ގާތްގަނޑަކަށް ހަމަކުރެވޭނެއޭ މިއަހަރު ނިމޭއިރު. އެއަށްވުރެ ކުޑަތަންކޮޅެއް ވީއްޔާ ވާނީ ރަނގަޅު އަޅުގަނޑަށް ފެންނަ ގޮތުގައި. އެގޮތަށް ނިންމާލެވިއްޖެއިއްޔާ އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ އަޅުގަނޑުމެންނަށް އެކަނި ދިމާވި ކަމެއް ނޫން. އެކަމަކު މި ރިކަވަރީ ދުނިޔޭގައި މިސާލެއްގެ ގޮތުގައި ފެނިވަޑައިގަންނަވާނެ ވަރަށް ގިނަ ބޭފުޅުންނަށް. އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ،" ވަޒީރު އަމީން ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، ކުރިއަށް އޮތް އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު ނުވަތަ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | ގަޑިއިރެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | 4 ދުވަސް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 8 ދުވަސް ކުރިންރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެއްވަނަ މަންޒިލް، އެކަމާ ފަހުރުވެރިވޭ: ވަޒީރު އަމީންޚަބަރު | 9 ދުވަސް ކުރިން