logo
MPL

MPL

ޚަބަރު

ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެއްވަނަ މަންޒިލް، އެކަމާ ފަހުރުވެރިވޭ: ވަޒީރު އަމީން

އައިޝަތު ނަޝާ
3 އޮކްޓޯބަރު 2026 - 07:39
ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެއްވަނަ މަންޒިލް، އެކަމާ ފަހުރުވެރިވޭ: ވަޒީރު އަމީން

ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެއްވަނަ މަންޒިލް ކަމަށާއި ދިވެއްސެެއްގެ ހައިސިއްޔަތުން އެކަމާ ފަހުރުވެރިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެެވެ. އަމީން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ދުނިޔެއާ ރާއްޖެ ގުޅުވައިދީ، އިގުތިޞާދުގެ މައި ތަނބު ކަމަށާއި، މިއީ ދިވެހި ރައްޔިތުންނަށް ގިނަގުނަ އަގުހުރި ފުރުޞަތުތަކެއް ފަހިކޮށްދޭ ދާއިރާއެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރައްވާ ކަމަށެވެ. އަދި ދިވެއްސެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާމެދު ފަޚުރުވެރިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ. އެދުވަސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައިި ފާހަގަކުރެއްވުމަށް ނިންމެވީ އެއީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުނުވުނު ދުވަސްކަމަށްވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެއްވަނަ މަންޒިލް، އެކަމާ ފަހުރުވެރިވޭ: ވަޒީރު އަމީންޚަބަރު | 2 މަސް ކުރިންފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީޚަބަރު | 2 މަސް ކުރިން