logo
ޚަބަރު

އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެ: އެމްއޭސީއެލް

ޝަހްޒާ މުހައްމަދު
12 ސެޕްޓެމްބަރު 2025 - 13:44
އެމްއޭސީއެލްގެ  ހުނަވަރު  ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "ހުނަވަރު" ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވެ ކާމިޔާބުކަމާއެކު އެ ޕްރޮގްރާމު ފުރިހަމަކުރާ ހުރިހާކުދިންނަށް އެމްއޭސީއެލްއިން ވަޒީފާ ލިބިގެންދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލްގެ ހެޑް އޮފް ލާނިން އެންޑް ޑިވެލޮޕްމަންޓް، މިސްބާހް އަހުމަދު މެންދުރު ޓިވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހުނަވަރު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތަތަކަށް ހަމަސްދުވަހުގެ ތަމްރީނާއި އެކު އެލަވަންސްއެއްވެސް ދޭނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" ހުނަވަރު ޕްރޮގްރާމްގަ އަޅުގަނޑުމެން، މިނަގަނީ ދިވެހި ޒުވާނުން، އޭވިއޭޝަން ދާއިރާގަ މަސައްކަތްކުރުމަށް ބައްޓަންކުރުމަށް، ހަމަސްދުވަހުގެ ދުގު މުއްދަތަކަށް ހިންގާ ޕްރޮގްރާމެއް، މި ޕްރޮގްރާމުގެ ތެރެއިން ވީއައިއޭގެ އެކި ދާއިރާތަކުގަ، ވޯކް އެކްސްޕީރިއެސްގެ އިތުރުން އެކި ޓްރެއިނިންތައް ދެވިގެންދާނެ، މި ހަ މަސްދުވަހު ސްޕެޝަލް އެލަވަންސް އެއްވެސް ދެވޭނެ" މިސްބާހް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމުގެ މަގުސަދަކީ އެކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ, އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުމެވެ.

މި ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށެވެ. ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް, ކާގޯ ސާވިސަސް, ރޭމްޕް ސާވިސަސް, މެކޭނިކަލް ސާވިސަސް, ފިއުލް ސާވިސަސް, އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 ސެޕްޓެންބަރު 2025ގެ ނިޔަލަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެ: އެމްއޭސީއެލް ޚަބަރު | 17 ގަޑިއިރު ކުރިންދިވެހި އިންޖިނިއަރުގެ އުފެއްދުންތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި ޚަބަރު | 18 ގަޑިއިރު ކުރިންއެމްނެޓްސްގެ އޯޕަން ޑޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންއެއާޕޯޓު ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް މިއަދު ހަވީރު ފަށަނީ ޚަބަރު | 5 ދުވަސް ކުރިން