logo
ޚަބަރު

އެމްނެޓްސްގެ އޯޕަން ޑޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަފާ
9 ސެޕްޓެމްބަރު 2025 - 16:58
އެމްނެޓްސްގެ އޯޕަން ޑޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް)ގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް - އެމްއޭސީއެލްއިން ބުނީ އެމްނެޓްސްގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތް އޮންނާނީ 20 ސެޕްޓެންބަރު 2025ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތުގެ މަގުސަދަކީ އެމްނެޓްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ މި ކުންފުނީގެ އެކި ފެސިލިޓީތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ގައުމީ އެއާ ނެވިގޭޝަން ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކިޔައިދިނުންކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

އެމްނެޓްސް "އޯޕަން ޑޭ" ގައި ބައިވެރިވުމަށް 200 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު, ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ 11 ސެޕްޓެމްބަރު 2025ގެ ނިޔަލަށެވެ. ނަމަވެސް "އޯޕަން ޑޭ" އަށް ކަނޑައަޅާފައިވާ ޖާގަ ހަމަވުމުން ރަޖިސްޓްރޭޝަން ބަންދުކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަ ކުރާ 50 ފަރާތައް ވަޒީފާލިބިގެންދާނެ: އެމްއޭސީއެލް ޚަބަރު | 19 ގަޑިއިރު ކުރިންދިވެހި އިންޖިނިއަރުގެ އުފެއްދުންތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި ޚަބަރު | 20 ގަޑިއިރު ކުރިންއެމްނެޓްސްގެ އޯޕަން ޑޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންއެއާޕޯޓު ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް މިއަދު ހަވީރު ފަށަނީ ޚަބަރު | 5 ދުވަސް ކުރިން