logo
E-Platinum
ޚަބަރު

ސްރީލަންކާގެ ރައީސްއަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

އާމިނަތު ޝަފާ
28 ޖުލައި 2025 - 12:11
ސްރީލަންކާގެ ރައީސްއަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.

މިރަސްމިއްޔާތަށް، ރައީސް ޑިސަނާޔަކެ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. ރައީސް ޑިސަނާޔަކެއަށް މަރްޙަބާ ދެންނެވުމުގެގޮތުން ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.

މިރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސް ޑިސަނާޔަކެއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި ސްރީލަންކާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް އޮތެވެ.

ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހުގައެވެ. މި އަހަރަކީ ދެޤައުމުގެ މި ތާރީޚީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސް މިލިޔަން ގަސް ޕްރޮގްރާމުގައި ސްރީލަންކާގެ ރައީސް ގަހެއް އިންދަވައިފިޚަބަރު | ގަޑިއިރެއް ކުރިންރައްޔިތުން އެދުނުގޮތަށް ވެލިދޫ ބިންހިއްކާ ނިންމާލީ ރޮކެޓް ސްޕީޑްގައިޚަބަރު | ގަޑިއިރެއް ކުރިންޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީޚަބަރު | ދުވަހެއް ކުރިންއައު ޓާމިނަލުން ބަންގީގެ އަޑު: އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްރިޕޯޓް | ދުވަހެއް ކުރިން