logo
E-Platinum
ޚަބަރު

މަޖިލީހުން އާންމުކުރާ މައޫމާތު ނަހަމަގޮތުގައި ބޭނުން ނުކުރުމަށް އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޖުލައި 2025 - 07:52
ރައްޔިތުން މަޖިލީހުގެ އިދާރާ
ރައްޔިތުން މަޖިލީހުގެ އިދާރާ

މަޖިލީހުގެ އިދާރާއިން އާންމުކުރާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުން އަރާގޮތަށް އެ މައުލޫމާތު ބޭނުން ނުކުރުމަށް މަޖިލީހުގެ އިދާރާއިން އެދިއްޖެއެވެ.

މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކާއި ގުޅިގެން މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ މައުލޫމާތަކާއި ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ ރޫހާއެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ މަސައްކަތްތަކާއި މައުލޫމާތު ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މަޖީހުގެ ޖަލްސާތަކާއި ބައްދަލުވުންތައް އާންމުކޮށް ކުރިއަށް ގެންދަނީ ހުޅުވާލައިގެން ކަމަށެވެ.

މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ވަގުތުން ދުރަށްދެއްކުމާއި ބްރޮޑްކާސްޓް ކުރުމުގެ މަޤްޞަދަކީ މައުލޫމާތު މުއްސަނދިކޮށް، ހޭލުންތެރިކަން އިތުރުކޮށް، ވަކިފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފޯރުކޮށްދިނުންކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް މަޖިލީހުގެ ވެބްސައިޓްގައި ޝާޢިއުކުރަނީ ވީހާވެސް ހާމަކަންބޮޑުގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްކަމަށް މަޖިލީހުން ބުނެފަވެއެވެ.

މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި ޤަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި ޝާމިލުވާ ކޮމިޓީތަކުގެ މަޢުލޫމާތާއި ތަފާސްހިސާބު ފެންނަން ހުންނާނެކަމަށްވެސް މަޖިލީހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތް ނޫންކަމަށާއި މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރިއަށްގެންދާކަމަށް މަޖުލިލީހުން ފާހަގަކޮށްފަވެއެވެ. އަދި މަޖިލީހުން ބިލެއް ފާސްވެގެން އަންނަނީ އެކި މަރުހަލާތަކުގައި މެމްބަރުންގެ މަޝްވަރާތައް ހިންގުމަށްފަހުގައިކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވައިފި ޚަބަރު | ދުވަހެއް ކުރިންމަޖިލީހުން އާންމުކުރާ މައޫމާތު ނަހަމަގޮތުގައި ބޭނުން ނުކުރުމަށް އެދިއްޖެޚަބަރު | 2 ދުވަސް ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރައްވައިފިޚަބަރު | 8 ދުވަސް ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 9 ދުވަސް ކުރިން