logo
Bank of Maldives

Bank of Maldives

ޚަބަރު

ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނާރއެކު މަޝްވަރާ އެބަ ކުރަން - ސީއެސްސީ

އަޙްމަދު ޒަލީފް
29 ޖުލައި 2025 - 10:47
ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނާރއެކު މަޝްވަރާ އެބަ ކުރަން - ސީއެސްސީ

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

ސީއެސްސީގެ ރައީސް މިހެން ވިދާޅުވީ "އަހަރު މެދު މުރާޖާ"ގެ ނަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުވަމުން އަންނައިރު، ޑިއުޓީ ގަޑީގައި މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭ. ވީހާވެސް ގިނަ ވަގުތު އޮފީހުގައި ހޭދަކުރަންވާނެ. ޑިއުޓީ ގަޑީގައި މަސައްކަތް ނުކޮށް، އޯވަރޓައިމް ހޯދުމަށް ގަޑީގެ ބޭރުން މަސައްކަތްކުރުމަކީ އެހައި ރަނގަޅުކަމެއް ނޫން." ނާސިހު ވިދާޅުވިއެވެ.

ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނާސިހު ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެ ގޮތުން ޕޭ ކޮމިޝަނާ ބައްދަލުކޮށް، ޕޭ ކޮމިޝަނުން އެކިއެކި ވުޒާރާތަކާ މިހާރު ބައްދަލުކުރަމުންދާކަމަށް ނާސިހު ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ހުރިހާ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސް އިޢުލާންކުރައްވާފައިވާތީ އެކަމުގެ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާކަމަށް ނާސިހު ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރުގެ ބަޖެޓު ހުށައެޅިއިރު، ޕޭ ހަމަނައިޒޭޝަންއަށް ނުވަތަ އެކި ދާއިރާތަކުން މުސާރަ އެއް ހަމަކުރުމަށް 500 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިގޮތުން މުސާރަ ބޮޑުކުރެވޭ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސަރވިސް ހިމެނޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިންމީޑިއާ ކޮމިޝަނުގެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިޚަބަރު | މަހެއް ކުރިންމޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއެކު ރައީސަށް ޢިލްމުވެރިންގެ ތަޢުރީފުޚަބަރު | މަހެއް ކުރިންކުންފުނިތަކުގައި އުޅުނު މުއްދަތު، ޚިތުމަތުގެ މުއްދަތައް ގުނާގޮތަށް ގެނައި ބަދަލު ބާތިލްކޮށްފި ޚަބަރު | 2 މަސް ކުރިން