logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އައިޝަތު ނަޝާ
23 އޮކްޓޯބަރު 2025 - 07:10
މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގެ މީޑިއާ ދާއިރާ ރެގިއުލޭޓް ކުރުމަށްޓަކައި އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އިއްޔެ ކުރި އިޢުލާނެއްގައި ވަނީ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އަސާސީ ޝަރުތުތަށް ގޮތުގައި ކަނޑައަޅާފައިވަނީ،ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުމެވެ. އަދި މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވާ މީހަކު ކަމުގައިވާންޖެހޭނެކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިތުރު ޝަރުތުތަކުގެ ތެރޭގައި ޤާނޫނޫއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަނުކުރެވޭ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސްސަތޭކަ) ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަހާސް) ރުފިޔާއެވެ. އެހެން ކަމުން އަސާސީ މުސާރަ އަދި ލިވިންގ އެލަވަންސް އާ އެކު ޖުމްލަ 35،500 (ތިރީސްފަސް ހާސް ފަސްސަތޭކަ) ރުފިޔާ މުސާރާގެ ގޮތުގައި ލިބޭނެއެވެ.

މީޑިއާ ކޮމިޝަނަށް އެސްޖީ އައްޔަނުކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 28 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ވަޒީފާއަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ. 

މީޑިއާ ރެގިއުލޭޝަން ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދަވާފައިވާއިރު، އެ ކޮމިޝަނަށް ހަތް މެންބަރުން މިހާރު ވަނީ އައްޔަން ކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮސްޓާކުރާ ބެލެނިވެރިންނަށް ޗުއްޓީ ލިބޭގޮތަށް ސިވިލް ސަރވިސް ގަވައިދު އިސްލާހުކޮށްފިޚަބަރު | 10 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެ އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރެވޭނެ ފުރުސަތު ދެނީޚަބަރު | 2 މަސް ކުރިންސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދެނީ ޚަބަރު | 2 މަސް ކުރިންސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އިރު ސީއެސްސީ އަށް ހުށަހަޅާގޮތަށް ބަދަލެއް!ޚަބަރު | 3 މަސް ކުރިން