logo
MPL

MPL

ޚަބަރު

ކުޑަކުދިންގެ މައްސަލަ ރިޕޯޓުކުރުމުގައި ސަމާލުވާން އެދިއްޖެ

އައިޝަތު ނަޝާ
14 އޯގަސްޓު 2026 - 12:13
ކުޑަކުދިންގެ މައްސަލަ ރިޕޯޓުކުރުމުގައި ސަމާލުވާން އެދިއްޖެ

ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ މައްސަލަ ރިޕޯޓުކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން، މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.

އިއްޔެ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް މުޖުތަމައުގައި ހިނގާ އެކި ހާދިސާތަކާއި މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން އާންމުންނަށް ހާމަކުރުމަކީ، ފަރުދީ އަދި އިޖުތިމާއީ ގޮތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ކުޑަކުދިންނާއި މައިންބަފައިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންނާ ގުޅުން ހުރި މައްސަލަތައް ރިޕޯޓުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް މީޑިއާ ކޮމިޝަނުން ވަނީ ނޫސްވެރިންނަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން، އެއްވެސް މީހެއްގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ކޮންޓެންޓު އާންމުކުރުމަށް އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

ޚާއްސަކޮށް، ކުޑަކުދިންނާއި ނާޒުކު ހާލަތުގައިވާ މީހުންގެ ވަނަވަރު ނުވަތަ އެ މީހުން ދެނެގަނެވިދާނެ މައުލޫމާތެއް ހާމަކުރަންވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރަށް އިދާރާތަކުން ރަސްމީކޮށް ހިއްސާކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން އެ ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.

އެ ބަޔާނުގައި ބުނީ، ނާޒުކު ހާލަތުގައިވާ ފަރާތްތަކުގެ މައްސަލަތައް މީސްމީޑިއާގައި "ޝަރީއަތް" ކުރުމުގެ ބަދަލުގައި ގާނޫނީ އުސޫލުތަކުގެ ތެރެއިން، ކަމާ ބެހޭ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތު ހާމަކުރުމަކީ އެންމެ މަސްހަލަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށެވެ.

މީގެއިތުރުން، ކުޑަކުދިންނާއި މައިންބަފައިންގެ މައުލޫމާތު ގެނެސްދިނުމުގައި އެ މީހުންގެ ކަރާމާތައި އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ނޫސްވެރިންނާއި މީޑިއާއަށް ލާޒިމު ކަމެއް ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރަށް މީޑިއާގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް މީޑިއާގައި މަސައްކަތް ކުރާ އެންމެނަށް އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ މައްސަލަ ރިޕޯޓުކުރުމުގައި ސަމާލުވާން އެދިއްޖެޚަބަރު | 2 ގަޑިއިރު ކުރިން މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފިޚަބަރު | 10 މަސް ކުރިންމީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 10 މަސް ކުރިންމީޑިއާ ކޮމިޝަނަށް އިންތިހާބުވި ހަތަރު ބޭފުޅުންނަށް މެންބަރުކަން ދީފިޚަބަރު | 10 މަސް ކުރިން