logo
Bank of Maldives

Bank of Maldives

ޚަބަރު

ޒާތީ މުޢާމަލާތްތަކާއި ފޯނު ކޯލްތައް ލައިވްކުރުމުގައި ސުލޫކީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުމަށް އެމްއެމްބީސީން އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ސެޕްޓެމްބަރު 2026 - 10:32
މީޑއާ ކޮމިޝަންގެ ރައީސް ފަރުސަތު
މީޑއާ ކޮމިޝަންގެ ރައީސް ފަރުސަތު

އެ މީހަކަށް ނޭނގި ނުވަތަ ހުއްދަ ނެތި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތައް ބްރޯޑްކާސްޓުކުރުމުގައި ގާނޫނާއި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ނުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކޮމިޝަނުން މިގޮތަށް ބަޔާނެއް ނެރެފައިވަނީ، ދާދިފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ގުޅައި އެ ފޯނު ކޯލު ލައިވް ކުރުމާ ގުޅިގެން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްބީސީން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުޢާމަލާތްތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވެއެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ 39 ވަނަ މާއްދާގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށް، އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙުތިރާމުކުރުމަށް ބާރުއަޅާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މީގެއިތުރުން، ފޯނު ކޯލަކަށް ޖަވާބުދޭ ކޮންމެ މީހަކީ އެ މުޢާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިޢުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރުމަށާއި، ފޯނު މުޢާމަލާތެއް ވަގުތުން ލައިވްކުރަން ގަސްތުކުރާނަމަ އެކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. އެހެންނަމަވެސް، ފަހުން ހިނގައިދިޔަ ހާދިސާގައި ރާއްޖެ ޓީވީން ސްޓެލްކޯގެ މުވައްޒަފަކަށް ގުޅައި ޕީއެންސީ ފޯމާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވި ފުރަތަމަ ފަހަރު އެއީ ލައިވް ކޯލެއްކަން އަންގާފައި ނުވާއިރު، އެ މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ އެ މުވައްޒަފު ސަސްޕެންޑުކޮށް މައްސަލަ ބަލަން ފަށާފައެވެ.

އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ، “ރުހުން ހޯދުމާއި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވާނެ,” ކަމަށް ވިދާޅުވެފައެވެ. އަދި އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، ހޯދި މަގުސަދަށް އެކަނި ބޭނުންކުރުމާއި، މައުލޫމާތާއި މަސްދަރުތައް ރައްކާތެރިކުރުމުގެ ފަންނީ ޒިންމާތަކަށް ސަމާލުވުމަށް އެމްއެމްބީސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒާތީ މުޢާމަލާތްތަކާއި ފޯނު ކޯލްތައް ލައިވްކުރުމުގައި ސުލޫކީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިއްޖެޚަބަރު | 24 މިނިޓު ކުރިންކުޑަކުދިންގެ މައްސަލަ ރިޕޯޓުކުރުމުގައި ސަމާލުވާން އެދިއްޖެޚަބަރު | 23 ދުވަސް ކުރިން މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފިޚަބަރު | 10 މަސް ކުރިންމީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 10 މަސް ކުރިން