logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި

އައިޝަތު ނަޝާ
27 އޮކްޓޯބަރު 2025 - 07:27
 މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ ކޮމިޝަންގެ ރައީސްކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި އެމްއެމްސީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އާ ކޮމިޝަންގެ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފެންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމަުން، ފަރުޝަތު އެ މަގާމަށް އައްޔަންކުރަން ފެނޭތޯ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 49 މެންބަރުން އޭނާ އައްޔަންކުރަން ފެންނަ ކަމަށް ރުހުންދިން އިރު، ނުފެންނަ ކަމަށް ވޯޓުދިނީ ނުވަ މެންބަރުންނެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަންގައި ތިބެނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންގެ އިތުރުން އެ ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ނޫސްތަކުގެ ތެރެއިން ދެ މެންބަރުންނާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ދެ މެންބަރަކު ހިމެނޭއިރު އެއީ އިންތިޚާބުކުރާ މެންބަރުންނެވެ.

މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކުން އެ ގާނޫނާ ދެކޮޅު ހަދަނިކޮށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ، އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ތަޖުރިބާކާރު ގިނަ ނޫސްވެރިން ވަނީ ބިލާ ދެކޮޅު ހަދައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 6 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 6 ދުވަސް ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 6 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފިޚަބަރު | 6 ދުވަސް ކުރިން