logo
MPL

MPL

ޚަބަރު

ރިއަލް އެސްޓޭޓް ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދިނުމަށް ފާސްކޮށްފި

އަޙުމަދު ރިޝާން
19 ނޮވެމްބަރު 2026 - 07:19
ރިއަލް އެސްޓޭޓް ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދިނުމަށް ފާސްކޮށްފި

ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުއްދަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މި މުއްދަތު ދޭން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އެވެ. ވިލިނގިލީ ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒު ތާއީދު ކުރެއްވި މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީން ނިންމާފައިވާ ގޮތުން، މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ބިލު އާއްމުންގެ ހިޔާލަށް ހުޅުވާލުމުގެ އިތުރުން، ކަމާ ގުޅޭ މުއައްސަސާތަކުގެ ހިޔާލު ވެސް އެ މުއްދަތުގެ ތެރޭގައި ލިޔުމުން ހޯދާނެ އެވެ. އެގޮތުން ލިޔުމުން ހިޔާލު ހޯދަން ކޮމިޓީން ކަނޑައެޅީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނެވެ. އެ މުއައްސަސާތަކުން ހިޔާލު ހުށަހަޅައިދިނުމަށް އެދި ކޮމިޓީން މިއަދު ސިޓީ ފޮނުވާނެ އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން ވޯޓަކަށް ނާހަ އެވެ.

އާއްމުންނާއި މުއައްސަސާތަކުގެ ހިޔާލު ހޯދަން ދެ ހަފުތާގެ މުއްދަތެއް ދިންއިރު، ބިލުގެ މަސައްކަތް ކޮމިޓީން ނިންމާ ތާރީހެއްގެ ގޮތުގައި ކަނޑައެޅީ ޑިސެމްބަރު ހަތެކެވެ. އެ ތާރީހު ޑިސެމްބަރު 19 އަށް ފަސްކުރަން ވެސް ސަމީރު ހުށަހެޅުއްވި ނަމަވެސް، ތާއީދު ލިބިވަޑައިނުގަތުމުން އެ ހުށަހެޅުމަށް ވެސް ވޯޓަކަށް ނާހަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިއަލް އެސްޓޭޓް ބިލަށް އާއްމުން ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދިނުމަށް ފާސްކޮށްފިޚަބަރު | 30 މިނިޓު ކުރިންބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ބަޖެޓު ކޮމިޓީން ފާސްކޮށްފިޚަބަރު | 44 މިނިޓު ކުރިންއިސްރާއީލް ޕާސްޕޯޓް މަނާކުރުން: އެއްވެސް އެހެން ޕާސްޕޯޓަކުންވެސް ރާއްޖެއަށް ނުވަދެވޭނެހެން ޤާނޫނު ހަރުދަނާކުރަނީ - މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމްޚަބަރު | 19 ގަޑިއިރު ކުރިންއެމްޑީޕީގެ ސިޔާސީ ފިކުރުގެ ބިންގާ އަޅާފައި ވަނީ އިސްރާއީލުގެ އެހީތެރިކަމާއެކު: ޝުޖާއުޚަބަރު | ދުވަހެއް ކުރިން